ޚަބަރު
ރާއްޖެއަށް މޫސުންގެ ގޯސްވެ، ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި

ރާއްޖެއަށް މޫސުންގެ ގޯސްވެ، ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރެފިއެވެ. މެޓުން ރީނދޫ ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. އެއީ މިއަދު މެންދުރު 13:30 އިން ފެށިގެން ހަވީރު 17:30 އަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށައި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. އަދި ކަނޑުތައް އާންމު ގޮތެއްގަިއ ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 4-8 ފޫޓް ހުންނާނެ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައިވެއެވެ.

މިދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ކަނޑުދަތުރުފަތުރާއި އެއްގަމު ދަތުރުފަތުރު ކުރުމުގައި ވެސް ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. ހާއްސަކޮށް ކަނޑުތައް މާބޮޑަށް ގަދަވެ، ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment