ޚަބަރު
ރާއްޖޭގެ ފުޓުބޯޅަ ތަރައްގީކުރުމުގައި ފީފާއިން ދެމުންދާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރައްވައިފި

ރާއްޖޭގެ ފުޓުބޯޅަ ތަރައްގީކުރުމުގައި ފީފާއިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު, އެ ޖަމްއިއްޔާއަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ޝުކުރު އަދާކުރައްވާފައިވަނީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެެވެ.

އިންފަންޓީނޯގެ ޒިޔާރަތުގައި އޭނާވަނީ ރައީސްއާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓުބޯޅަ ތަރައްގީކުރުމާމެދު މަޝްވަރާކުރައްވާފައެވެ.

މި ޒިޔާރަތުގައި އިންފަންޓީނޯ ރާއްޖޭގެ ފުޓުބޯޅަ ކްލަބުތަކުގެ އިސްވެރިންނާއި ފުޓުބޯޅަ އެސޯސިއޭޝަނުގެ ވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓުބޯޅައިގެ މުސަަތަގުބަލާމެދު މަޝްވަރާކުރައްވާނެއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އިންފަންޓީނޯއަށް މެހެމާންދާރީ އަދާކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އަދި ފީފާއިން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ފުޓުބޯޅައަށް ލޯތްބާއި ޖޯޝު އިތުރުކުރެވޭނެ ގޮތްތަކާމެދު އިންފަންޓީނޯއާއެކު މަޝްވަރާކުރެއްވި ކަމަށެވެ.

އިންފަންޓީނޯގެ ދަތުރުފުޅަކީ މީގެ 19 އަހަރު ކުރިން ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ފީފާގެ އެއިރުގެ ރައީސް ސެޕް ބްލެޓާ ކުރެއްވި ޒިޔާރަތުގައި ރާއްޖެއަށް ވަޑައިގެންނެވި ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment