ޚަބަރު
އަހަރުގެ މިހާތަނަށް އެސްޑީއެފްއަށް 1.6 ބިލިޔަން ރުފިޔާ ޖަމާކޮށްފައިވޭ: މާލީ ވުޒާރާގެ ތަފާސްހިސާބު

މި އަހަރުގެ މިހާތަނަށް “ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް” އެސްޑީއެފްއަށް 1.6 ބިލިޔަން ރުފިޔާ ޖަމާކޮށްފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ އެންމެ ފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައެވެ.

‘ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް’ ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ހިންގާ އޮކްޓޫބަރު މަހުގެ 16ވަަނަ ދުވަހުގެ ނިޔަލަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފްއަށް މުޅި ޖުމްލަ 1.6 ބިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ 2024ވަނަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ޖަމާކުރި 1.1 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 45 އިންސައްތަ އިތުރު ޢަދަދެކެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްޤީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.

ސޮވަރިން ފަންޑަށް 1.6 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާއިރު ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ މި މުއްދަތުގެ ތެރޭގައި އިތުރުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment