ޚަބަރު
ވީއައިއޭގެ އައު ޓާމިނަލުން ވާޖިން އެޓްލާންޓިކް އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި

“ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް” ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން ވާޖިން އެޓްލާންޓިކް އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފިއެވެ. އެ ހިދުމަތް ދޭން ފެށުން ފާޙަގަ ކުރުމުގެ ގޮތުން މިއަދު ވަނީ އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ވާޖިން އެޓްލާންޓިކް އެއާލައިނަށް އާ ޓާމިނަލްގެ ޓާމިނަލް 1 އިން ހިދުމަތް ދޭން ފަށާފައިވާއިރު، ރަސްމިއްޔާތުގައި ވަނީ އެ އެއާލައިންގެ ޗެކިން ކައުންޓަރުތައް ވެސް ރަސްމީކޮށް ހުޅުވާފައެވެ. އައު ޓާމިނަލުން ހިދުމަތް ދޭން ފެށި އެއާލައިންގެ އަދަދު ވަނީ 14 އަށް އަރާފައެވެ.

އެ ޓާމިނަލުން އިއްޔެ ބްރިޓިޗް އެއާވޭސްއަށް ވަނީ ހިދުމަތް ދޭން ފަށާފައެވެ. އަދި ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން, ޗައިނާ ސަދާން އެއާލައިންސްގެ ދަށުން ހިންގާ ޗޮންޗިން އެއާލައިނަށް ވެސް ހިދުމަތް ދޭން މިމަހުގެ 23 ވަނަ ދުވަހު ވަނީ ފަށާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment