އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އިތުރު ދެ ޖެނެރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ބުނެފިއެވެ.
ފެނަކައިން ބުނީ، އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފޮނުވުމަށް ނިންމާފައިވަނީ 1.8 މެގަ އައު ދެ ޖެނެރޭޓަރު ކަމަށާއި، އެ ދެ ޖެނެރޭޓަރު އައްޑޫ ސިޓީއަށް ގެންދިއުމަށްޓަކައި މިހާރު ލޯޑު ކުރެވިފައިވާ ކަމަށެވެ.
އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އައު ދެ ޖެނެރޭޓަރު ފޮނުވުމުގެ މަސައްކަތް ކުރާއިރު، މިމަހުގެ 23 ވަނަ ދުވަހު އެސިޓީއަށް ވަނީ 1.6 މެގަވޮޓްގެ ޖެނެރޭޓަރެއް ވެސް ގެންދެވިފައެވެ.
އައްޑޫއަށް މެދުނުކެނޑި ކަރަންޓު ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު ޖެންސެޓެއް އެ ސިޓީއަށް ހޯދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

