ޚަބަރު
ޔޫއްޕެއާ ސީޒަންއަކީ ބޮޑު ދެވަގުން ކަމަށް މުއާ ބުނެފި

ދިވެހި ފިލްމީ ދާއިރާގެ ދެ މަޝްހޫރު ތަރިން އަދި ޕްރޮޑިއުސަރުން ކަމަށްވާ ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި ޢަލީ ސީޒަންއަކީ “ބޮޑު ދެ ވަގުން” ކަމަށް ފިލްމީ ތަރި ޢަބްދުﷲ މުއާޒް (މުއާ) ބުނެފިއެވެ.

މުއާ މިހެން ބުނެފައިވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ.

މުއާގެ މި ބަސްތަކަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ސޯޝަލް މީޑިއާގައި އޭނާ ކޮށްފައިވާ ޕޯސްޓުގެ ދަށަށް ކޮމެންޓުކުރި ބައެއް ފަރާތްތަކުން ވަނީ މިއީ ކޮން ފިލްމެއްގެ ޕްރޮމޯޝަނެއްތޯ ސީދާ ސުވާލުކޮށްފައެވެ. މިކަމަށް މުއާ އާއެކޭ ނުވަތަ ނޫނެކޭ ބުނެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން، މުއާގެ އަންހެނުން އަދި މަޝްހޫރު ފިލްމީ ތަރި އައްޒަ  ވެސް ވަނީ، މުއާގެ ޕޯސްޓުގެ ދަށުން ކޮމެންޓުކުރަމުން “ބޭބީ އެމީހުންގެ ބޮލުގަ ކޮންފަދަ ބޮޑު އިލްޒާމެއްތޯ ތިއެޅުވީ” މިފަދައިން ބުނެ ސުވާލު އުފައްދާފައެވެ. އައްޒަގެ މި ކޮމެންޓާއެކު މިކަމުގެ ސަބަބާ މެދު އުފެދޭ ސުވާލުތައް އިތުރަށް ގިނަވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މުއާގެ މި ޕޯސްޓާއެކު ގިނަ ބަޔަކަށް ސިހުން ގެނުވި ނަމަވެސް، މިއީ އޭނާގެ ގާތް ދެ އެކުވެރިންނަށް ހަޤީޤަތުގައި ކުރި ތުހުމަތެއް ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް، މިއީ ކުރިއަށް އޮތް ފިލްމެއްގެ ޕްރޮމޯޝަނެއް ކަމަށް މިހާރު ވަނީ އެނގިފައެވެ.

މުއާގެ މި ޕޯސްޓް އިޝާރާތް ކުރަނީ ޝައި ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދާ ކޮމެޑީ ފިލްމު “ކޮސް ގިނަ މިސްޓޭކް” (ކޭޖީއެމް) އަށެވެ. މި ފިލްމުގެ އެންމެ މުހިންމު ދެ ރޯލުން ފެނިގެންދާނީ ޔޫއްޕެ އާއި ސީޒަންއެވެ.

މުއާގެ މި “އިލްޒާމާއެކު”، މިހާރު ސިނަމާގައި ދައްކަމުން އަންނަ ޔޫއްޕެގެ ފިލްމު “އިލްޒާމް” ގެ ތަރިން ވަނީ އެ ޕޯސްޓް ޝެއަރކޮށް، މިއީ ކޮންފަދަ ބޮޑު އިލްޒާމެއްތޯ ސުވާލު އުފައްދާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment