ޚަބަރު
މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ނޭޕާލް މީހާ ފެނިއްޖެ

މާލެ އިން ގެއްލިގެން ހޯދަމުން ދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެއެވެ. އޭނާ ފެނިފައިވަނީ ހޯދަމުންދާތާ ފަސް ދުވަސް ފަހުންނެވެ.

ފުލުހުން މިއަދު ބުނީ، ގެއްލިގެން ހޯދަމުންދިޔަ ޕޫރްނީމާ ގަޖްމަރ ނަމަކަށް ކިޔާ އުމުރުން 19 އަޖަރުގެ ނޭޕާލް އަންހެންމީހާ މިއަދުގެ ވަގުތެއްގައި ފެނިފައިވާ ކަަމަށެވެ.

އެ އަންހެން މިދިޔަ އަންގާރަ ދުވަހުގެ 14:00 އެހާކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އިރުއޮއްސި 18:56 ހާއިރެވެ.

ފުލުހުން ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment