ނ. ފޮއްދޫގައި އިމާރާތްކުރާ ސިއްހީ މަރުކަޒުގެ މަސައްކަތުގެ ފައުންޑޭޝަންގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިޔަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ “މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ” އެމްޓީިސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އެ ސެންޓަރުގެ ފައުންޑޭޝަން ފުޓިންގެ ކުރަން ޖެހޭ ބައެއް މަސައްކަތްތައް ކަމަށެވެ. އެމްޓީސީސީން ކުރިޔަށް ގެންދާ ސިއްހީ މަރުކަޒުގެ މަސައްކަތަކީ 26.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީިސީސީން ނ. ފޮއްދޫގައި އިމާރާތްކުރާ ސިއްހީ މަރުކަޒުގެ މަޝްރުއުގެ މަސައްކަތްތައް ކުރިޔަށް ދަނީ… ފޮޓޯ: އެމްޓީސީސީ
ސިއްހީ މަރުކަޒުގެ މަސައްކަތް ފަށާފައިވަނީ މީގެ ދެ މަސް ކުރިންނެވެ. ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފޮއްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
ފޮއްދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

