ޚަބަރު
ނަސްރުގެ ދުވަހުގެ ހާއްސަ; ސިފައިންގެ އަސްކަރީ ހުށަހެޅުންތައް މާދަމާ ހަވީރު، ޖުމްހޫރީ މައިދާނުގައި އޮންނާނެ

ނޮވެންބަރު 3، ނަޞްރުގެ ދުވަހާ ގުޅުވައިގެން ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ބާއްވާ އަސްކަރީ ހުށަހެޅުންތައް މާދަމާ މާލޭގެ ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ. މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:15 ގައެވެ. ނަމަވެސް، ޢާންމުންނަށް މައިދާން ހުޅުވާލެވޭނީ 15:30 އިން ފެށިގެންނެވެ. މިއަހަރުގެ ހުށަހެޅުމުގެ މަޤުޞަދަކީ ސިފައިން އަސްކަރީ ގޮތުން ތައްޔާރުވެފައި ތިބި މިންވަރު ޢާންމުންނަށް ދައްކާލުން ކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި މިއަހަރު ހުށައަޅައިދޭނީ ރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ދިވެހި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނެއްގެ ޑެމޮންސްޓްރޭޝަނެކެވެ. މި ހަރަކާތުގެ ތެރެއިން ސިފައިންގެ ހުނަރާއި ޤާބިލުކަން ފެނިގެންދާނެ ކަމަށް އެ ބާރުން ވިދާޅުވިއެވެ. އަދި މިދިޔަ އަހަރާ ޚިލާފަށް ސިފައިން ބޭނުންކުރާ އުޅަނދާއި ތަފާތު އާލާތްތައް އޮޕަރޭޝަނެއްގައި ބޭނުންކުރެވޭ ގޮތް ރައްޔިތުންނަށް ދައްކާލެވޭނެ ކަމަށާއި، މި ހަރަކާތް ވާނީ ޢާންމުން ވަރަށް ޝައުޤުވެރިވާނެ ހަރަކާތަކަށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާނުގައި އޮންނަ އަސްކަރީ ހުށަހެޅުމުގެ އިތުރުންވެސް ނަޞްރުގެ ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. އެގޮތުން، ޖަމާޢަތުގައި ސިފައިން ފަތިސް ނަމާދުކުރުމާއި، 3 ނޮވެންބަރުގެ ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ މައުންޓްކުރުން ހިމެނެއެވެ. ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އެ ދުވަހު ހެނދުނު 9:00 ގައި ޒުވާނުންގެ މަރުކަޒުގައެވެ. މި ޖަލްސާގައި، ދުޝްމަނުންގެ ޙަމަލާތަކާ ގުޅިގެން ސިފައިންގެ ތެރެއިން އެންމެ ފުރަތަމަ ޝަހީދުވި، ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރު ނިޔާވި ހާދިސާ ދައްކުވައިދޭ މިއުޒިކަލް ޑިސްޕްލޭއެއް ދައްކުވައިދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މާލޭގެ ހަރަކާތްތަކުގެ އިތުރުން، ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރު ނިސްބަތްވެވަޑައިގަންނަވާ ގދ. ތިނަދޫ ސިޓީގައިވެސް ސިފައިންގެ ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ. އެގޮތުން، މިމަހުގެ 7 އަދި 8 ވަނަ ދުވަހު ތިނަދޫގައި ސިފައިންގެ މައުރަޒެއް އޮންނާނެއެވެ. އަދި ނޮވެންބަރު މަހުގެ 8 ވަނަ ދުވަހު ތިނަދޫ ސްޓޭޑިއަމްގައި ސިފައިންގެ ހަރަކާތްތަކެއް ދައްކާލުންވެސް އޮންނާނެއެވެ.

ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު، ބޭރުގެ ނިރުބަވެރި ބަޔަކު ދިވެހި 6 ޚާއިނުންނާ ގުޅިގެން ދިން ޢުދުވާނީ ޙަމަލާގައި ރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ. މި ޙަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!