އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވާ ދުވަހާއި ގުޅިގެން ގދ.މަޑަވެލީގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
މިއަދު ހަވީރު 4:30ގައި މަޑަވެލީ ކުޑަކުދިންގެ ޕާކުގައި ބޭއްވުނު ކުޑަކުދިންގެ ހަވީރަކީ މަޑަވެލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ކްލީކް ކޮމްޕިއުޓާސްގެ ސީ.އެސް.އާރުގެ އެހީގެ ދަށުން ކުރިޔަށް ގެންދެވުނު ހަރަކާތެކެވެ.

މަޑަވެލީގައި ބޭއްވުނު ކުޑަކުދިންގެ ހަވީރުގެ ތެރެއިން / ހުވަދޫ ފޮޓޯ
މިހަވީރު ހުޅުވާ ދެއްވީ މަޑަވެލީގެ އިސް ރަށްވެހިންނެވެ. އެހެންނަމަވެސް މިހަވީރުގެ ޝަރަފުވެރި މެހެމާނަކީ ކްލިކް ކޮމްޕިއުޓާރސްގެ ޗެއަރމަން އަހުމަދު ޒާހިރުއެވެ. މިފަދަ ފުރުސަތެއް ދެއްވީތީ ޗެއަރމަން އަހުމަދު ޒާހިރުވަނީ މަޑަވެލީ ޑަބްލިޔު.ޑީ.ސީ އާއި މަޑަވެލީ ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.
މަޑަވެލީ ޑަބްލިޔު.ޑީ.ސީން އިސްނަގައިގެން ބޭއްވުނު މިހަރަކާތުގައި ތަފާތު ކުޅިވަރުތައް ހިމެނޭ ސްޓޯލްގެ އިތުރުން، ކުދިންގެ އެކިއެކި ހުނަރުތައް ދައްކުވައިދޭ ސްޓޭޖް ޝޯތައްވެސް ކުރިޔަށް ގެންދިޔައެވެ. އަދި މިހަރާކްތަކުގައި ބައިވެރިވި ކުދިންނަށް ހާއްސަ ހަދިޔާތަކެއް ދީފައިވެއެވެ.
މިއިވެންޓުގައި އެރަށުގެ ކުޑަކުދިންނާއި ގިނަބަޔަކު ވަނީ ބައިވެރިވެފައެވެ.

މަޑަވެލީގައި ބޭއްވުނު ކުޑަކުދިންގެ ހަވީރުގެ ތެރެއިން / ހުވަދޫ ފޮޓޯ
މިފަދަ ހަރަކާތެއް ރާވާ ހިންގެވުމުގައި ކްލީގް ކޮލެޖްގެ އިތުރުން މަޑަވެލީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ދިޔަކަން ފާހަގަކޮށް ޑަބްލިޔު.ޑީ.ސީން ވަނީ މަޑަވެލީ ކައުންސިލަށާއި ކްލިކް ކޮމްޕިއުޓާރސްއަށް ޝުކުރު ދަންނަވާފައެވެ.

