ކުޅިވަރު
ނިލަންދޫ ރާވެރިޔާ 2025: ގްރޫޕްގެ އެއްވަނަ ޓީމު ގޮތުގައި ޓޮޕް ބްރަދާސް ސެމީއަށް، ދެވަނަ ގެމަނަފުށީ ވޮލީބޯލް ކުލަބަށް

ނިލަންދޫ ކައުންސިލް ރާވެރިޔާ ވޮލީ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި އެންމެ ފަހުގެ ޗެމްޕިއަން ސެމީއަށް ދިޔަ އިރު އެ ގްރޫޕުގެ ދެވަނަ ޓީމް ގެ ގޮތުގައި ގެމަނަފުށި ވޮލީ ކުލަބު ސެމީއަށް ދަތުރުކޮށްފިއެވެ.

ނިލަންދޫ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށް ދިޔަ މި މެޗު ޓޮޕް ބްރަދާސް ކާމިޔާބު ކުރީ 3-0 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ޓޮޕް ބްރްދާސް ލީޑުގައި ކުޅެމުން ދިޔަ ނަމަވެސް ސެޓުގެ ފަހުކޮޅު ގެމަނަފުށިން ވަނީ ޓޮޕް ބްރަދާސް ޕްރެޝަރަށް ވައްޓާލާފައެވެ. ސެޓުގެ ފަހު ކޮޅު ހުޒާމްގެ ރަނގަޅު ނިންމުންތަކާއިއެކު 26-26 އިން އެއްވަރުވެސް ވިޔެވެ. އެހެންނަމަވެސް ފަހު 2 ޕޮއިންޓްގައި ހެދުނު ކުޑަކުޑަ ގޯސްތަކުން  28-26 އިން ޓޮޕް ބްރަދާސް ސެޓު ކާމިޔާބު ކުރިއެވެ.

ދެވަނަ ސެޓާއި ތިންވަނަ ސެޓިުގައިވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު ދެ ޓީމްގެ ފަރާތުންވެސް މޮޅުވުމުގެ ރޫހު ފެނިގެން ދިޔައެވެ. ދެވަނަ ސެޓު  18-25 އިން ޓޮޕް ބްރަދާސް ކާމިޔާބު ކުރިއިރު ތިންވަނަ ސެޓު  25-20 ނަގައި ސީދާ 3 ސެޓުން މެޗު ކާމިޔާބު ކުރިއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓޮޕް ބްރަދާސްގެ  ޖާޒީ ނަންބަރު 19 ޝަމާއިލް މުހައްމަދު އެވެ.

މުބާރާތުގެ ފިރިހެން 6 ޓީމް ބަހާލައިފައި ވަނީ 2 ގުރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ ގެމަނަފުށި ވޮލީބޯލް ކުލަބު، ބޮންބޮން ސްޕޯޓްސް ކްލަބް ލެޖެންޑްސް، އަދި އެންމެ ފަހުގެ ޗެމްޕިއަން ޓޮޕް ބްރަދާސް އެވެ. ގްރޫޕް ބީގައި ހިމެނެނީ ބޮންބޮން ސްޕޯޓްސް ކުލަބު، މަރަޓާ ވޮލީބޯލް ޓީމް، އަދި ދަ ރެޒިޑެންސް މޯލްޑިވްސްއެވެ.

މި މުބާރާތުގައި އަންހެން ޑީވިޝަންގެ 4 ޓީމް ބައިވެރިވެފައި ވުމާއިއެކު މި ޑިވިޝަން ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ އެންމެ ފަހުގެ ގެމަނަފުށި ވޮލީބޯލް ކުލަބު، ގއ މާމެންދޫ ވުމެންސް ޓީމް، ވިލިނގިލީ ޔުނައިޓެޑް ކުލަބު، އަދި ބޮންބޮން ސްޕޯޓްސް ކުލަބެވެ. . އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 50،000 ( ފަންސާސް ހާސް ) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ގއ ގެމަނަފުށީ ވޮލީ ކުލަބެވެ. އަދި ފިރިހެން ޗެމްޕިއަން ޓީމަކީ ގއ ނިލަންދޫ ޓޮޕް ބްރަދާސްއެވެ.

މި މުބާރާތަކީ ހުވަދު އަތޮޅުގައި އެންމެ ޒަމާންވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ރާވެރިޔާ މުބާރާތުގައި ކުޅެމުންދެއެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީ ކުޅުންތެރިން ކަމުގައި ވާ ޝަމާއިލް ،ހުޒާމް، ޝާމިލް، ނިމާލް ( ބުޅިކޭ ) ކުޅޭނެއެވެ. އަދި މީގެ އިތުރުން އަޒީމް ވެސް މި މުބާރާތުގައި ކުޅޭނެއެވެ.

އަންހެން ޑިވިޝަންގައި ވެސް ރާއްޖޭގެ މޮޅު ކުޅުންތެރިންގެ ކުޅުން ފެނިގެން ދާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ކެޕްޓަން މާޖިދާ، މާޔާ، ހައްވަ، އަދި ރަފާގެ ކުޅުން ފެނިގެން ދާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment