ޚަބަރު
ނިލަންދޫ ރާވެރިޔާ 2025: ގްރޫޕް ބީ ގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ބޮންބޮން ސެމީއަށް، ދެވަނަ މަރަޓާއަށް

ނިލަންދޫ ކައުންސިލް ރާވެރިޔާ ވޮލީ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަންގެ ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި އެންމެ ފަހުގެ ރަނަރަޕް ބޮންބޮން ސެމީއަށް ދިޔަ އިރު އެ ގްރޫޕުގެ ދެވަނަ ޓީމް ގެ ގޮތުގައި މަރަޓާ ސެމީއަށް ދަތުރުކޮށްފިއެވެ.

ބޮންބޮން ގްރޫޕު ބީގެ އެއްވަނަ ކަށަވަރު ކުރީ ރެޒިޑެންސް މޯލްޑިވްސް ސީދާ 3 ސެޓުން ބަލިކޮށް ގުރޫޕުގެ ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ.

ނިލަންދޫ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށްދިޔަ މި މެޗު އެޓީމުން ކާމިޔާބުކުރީ ފަސޭހަ ކަމާއިއެކު 3-0 ސެޓުންނެވެ.

ފުރަތަމަ ސެޓު 25-12 އިން ކާމިޔާބު ކުރިއިރު ދެވަނަ ދެވަނަ ސެޓު ކާމިޔާބު ކުރީ 25-10 އިންނެވެ. އަދި ތިންވަނަ ސެޓު ކާމިޔާބު ކުރީ 25-11 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ  ބޮންބޮންގެ އަޒީމްއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މާދަމާ ކުޅުމަށް ހަމަޖެހިފައި ވާއިރު ބޮންބޮން ސްޕޯޓްސް ކުލަބު ނިކުންނާނީ ގެމަނަފުށީ ވޮލީ ކުލަބާއި ދެކޮޅަށެވެ. އަދި ޓޮޕް ބްރަދާސް ނިކުންނާނީ މަރަޓާއި ދެކޮޅަށެވެ.

މުބާރާތުގެ ފިރިހެން 6 ޓީމް ބަހާލައިފައި ވަނީ 2 ގުރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ ގެމަނަފުށި ވޮލީބޯލް ކުލަބު، ބޮންބޮން ސްޕޯޓްސް ކްލަބް ލެޖެންޑްސް، އަދި އެންމެ ފަހުގެ ޗެމްޕިއަން ޓޮޕް ބްރަދާސް އެވެ. ގްރޫޕް ބީގައި ހިމެނެނީ ބޮންބޮން ސްޕޯޓްސް ކުލަބު، މަރަޓާ ވޮލީބޯލް ޓީމް، އަދި ދަ ރެޒިޑެންސް މޯލްޑިވްސްއެވެ.

މި މުބާރާތުގައި އަންހެން ޑީވިޝަންގެ 4 ޓީމް ބައިވެރިވެފައި ވުމާއިއެކު މި ޑިވިޝަން ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ އެންމެ ފަހުގެ ގެމަނަފުށި ވޮލީބޯލް ކުލަބު، ގއ މާމެންދޫ ވުމެންސް ޓީމް، ވިލިނގިލީ ޔުނައިޓެޑް ކުލަބު، އަދި ބޮންބޮން ސްޕޯޓްސް ކުލަބެވެ. . އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 50،000 ( ފަންސާސް ހާސް ) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ގއ ގެމަނަފުށީ ވޮލީ ކުލަބެވެ. އަދި ފިރިހެން ޗެމްޕިއަން ޓީމަކީ ގއ ނިލަންދޫ ޓޮޕް ބްރަދާސްއެވެ.

މި މުބާރާތަކީ ހުވަދު އަތޮޅުގައި އެންމެ ޒަމާންވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ރާވެރިޔާ މުބާރާތުގައި ކުޅެމުންދެއެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީ ކުޅުންތެރިން ކަމުގައި ވާ ޝަމާއިލް ،ހުޒާމް، ޝާމިލް، ނިމާލް ( ބުޅިކޭ ) ކުޅޭނެއެވެ. އަދި މީގެ އިތުރުން އަޒީމް ވެސް މި މުބާރާތުގައި ކުޅޭނެއެވެ.

އަންހެން ޑިވިޝަންގައި ވެސް ރާއްޖޭގެ މޮޅު ކުޅުންތެރިންގެ ކުޅުން ފެނިގެން ދާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ކެޕްޓަން މާޖިދާ، މާޔާ، ހައްވަ، އަދި ރަފާގެ ކުޅުން ފެނިގެން ދާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment