ޚަބަރު
ކެޓްރީނާ އަށް ފިރިހެން ދަރިފުޅަކު ލިބުމާ ގުޅިގެން ރާއްޖެއިން މަރުހަބާ ކިޔައިފި

ބޮލީވުޑްގެ ދެމަފިރިން ކަމަށްވާ ބަތަލާ ކެޓްރީނާ ކައިފް އާއި އެކްޓަރު ވިކީ ކައުޝަލަށް ފިރިހެން ކުއްޖަކު ލިބުމާ އެކު ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

ކެޓްރީނާ ކައިފް ވިހެއިކަން ވިކީ އިއުލާނުކުރީ އޭނާގެ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށެވެ. އޭނާ ހިއްސާކުރި ޕޯސްޓުގެ ކެޕްޝަންގައި ބުނެފައި ވަނީ ދެ މީހުންގެ ދިރިއުޅުމަށް އެންމެ ބޮޑު އުފާވެރިކަމެއް ގެނެސްދިން ވަގުތު އައިސް ޖެހިއްޖެ ކަމަށާއި، ދަރިފުޅަށް މަރުހަބާ ކިޔުނީ ލޯތްބާއި ނިމުމެއް ނެތް ހެޔޮ ދުއާތަކާ އެކު ކަމަށެވެ.

ކެޓްރީނާއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ހަދައިފައިވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ގްލޯބަލް އެމްބެސެޑަރު ވެސް މެއެވެ. އެހެންކަމުން އިއްޔެ ވިޒިޓް މޯލްޑިވްސްއިން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ ކެޓްރީނާއަށް މަރުހަބާ ކިޔައިފައެވެ.

ކެޓްރީނާ ވިހެއި ޚަބަރު އިއުލާނު ކުރުމާ އެކު ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ އިތުރުން ދެ ތަރިންގެ ސަޕޯޓަރުން ވެސް ވަނީ ސޯޝަލް މީޑިއާގައި އެކަމާ އުފާފާޅުކޮށް ދެމަފިރިންނަށް ތަހުނިޔާގެ މެސެޖުތައް ފޮނުވާފައެވެ.

ކެޓްރީނާ ބަލިވެއިންކަން އިއުލާނުކޮށްފައި ވަނީ އެކަމާ ގުޅޭގޮތުން މީޑިއާތަކުން އެކި ފަހަރު މަތިން ޚަބަރު ފަތުރަމުން އަންނަތާ އެތައް މަހެއްވީފަހުން މި އަހަރުގެ ސެޕްޓެމްބަރު މަހެވެ. އަލަތު ދަރިފުޅަށް ކެޓްރީނާ ބަލިވެއިންކަން އިއުލާނު ކުރުމަށް އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ވިކީ ބުނެފައި ވަނީ ދެމަފިރިންގެ ދިރިއުޅުމުގެ އެންމެ އުފާވެރި “ޗެޕްޓާ” ފެށުމަށް ތައްޔާރު ކަމަށާއި މުޅި އާއިލާއަށް ވެސް އެއީ ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment