ޚަބަރު
ރަސްމާލެ ހިއްކުން ކުރިއަށް؛ ފުރަތަމަ ފިޔަވަހިން 15،000 ގޯތި ދޫކުރަން ހުޅުވައިލާނެ

މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ ރަސްމާލޭ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަލުއިކޮށް، އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިން 15،000 ގޯތި ދޫކުރުމަށް ހުޅުވައިލާނެކަން ރައީސް މުޢިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ. ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ މާލޭ ސަރަހައްދުގެ ގޯތިގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހިންގާ މަޝްރޫއެއް ކަމަށެވެ.

ރަސްމާލޭ މަޝްރޫއަށް ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ދުވެލި ތިން ގުނަ ހަލުއިކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އަންނަ ޑިސެންބަރު މަހުގެ ކުރިން އިތުރު ޑްރެޖަރުތައް ގެނެސް، މަސައްކަތް ބާރުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މިހާރު ވެސް ތިން ސަރަހައްދެއްގައި ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.

ރަސްމާލެއަކީ މިހާތަނަށް ރާއްޖޭގައި ހިއްކާ އެންމެ ބޮޑު ބިން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާތީ، ފުރަތަމަ މަރުހަލާގައި ދޫކުރާ 15،000 ގޯތި ދޫކުރުމަށް ވަރަށް އަވަހަށް ހުޅުވައިލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި 15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އެއްވެސް ގޯތިގެދޮރެއް ނެތް ފަރާތްތަކަށް އަމާޒުކޮށްގެން، އާއިލީ ބޯހިޔާވަހިކަމުގެ މަފުހޫމުގެ ދަށުންނެވެ.

ގޯތި ލިބޭނެ ފަރާތްތަކުގެ ތެރޭގައި މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންނާއި، މާލޭ ދަފުތަރުގައި ޖެހިފައިވާ މީހުން ހިމެނެއެވެ. މީގެ އިތުރުން، މާލޭގެ ކުދިކުދި ގޯޅިތަކުގައި ހުރި ގޯތިތަކުގައި ދިރިއުޅޭ މީހުންނަށް ގޯތި ނުހެދޭތީ، އެތަންތަން ލާޖައްސާ އުސޫލުން ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް ވެސް ގޯތި ދޫކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވައުދުވެވަޑައިގެންފައިވާ ހުރިހާ ގިންތިތަކެއްގެ ފަރާތްތަކަށް ގޯތިތަކަށް ކުރިމަތިލެވޭނެ ކަމަށާއި، ބިން ހިއްކައި ނިމޭއިރަށް ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“ތިން ސަަރަހައްދެއްގައި ރަސްމާލޭގެ ބިން ހިއްކަން ފަށައި ބައެއް ސަރަހައްދުތައް ހިއްކައި ނިންމައި، އަނެއް ބައި ސަރަހައްދުތައް ހިއްކަމުންދަނީ، މެދުނުކެނޑި. އެ މަސައްކަތް ތިން ގުނައަށް ބާރުވާނެ އަންނަ މަސް ތެރޭ. އިތުރު ޑްރެޖަރުތައް ގެނައުމަށް އެއްބަސްވުން ހަދައި ފައިސާ ދައްކާފައިވާނީ،” ރައީސް

ގޯތީގެ އިތުރުން، މާލޭ ސަރަހައްދުގައި ކުރިއަށް އޮތްތަނުގައި ފެށިގެންދާނެ އިޖުތިމާއީ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ މައުލޫމާތު ވެސް ރައީސް ހިއްސާކުރެއްވިއެވެ. އެގޮތުން، ވަރަށް އަވަހަށް 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށާއި، އަދި އިންޑިއާގެ އެހީގައި އިތުރު 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ މި އިއުލާނަކީ، މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ވަރަށް އަވަހަށް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment