ޚަބަރު
ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް އެއްބަސް ވުމެއްގައި ސޮއި ކޮށްފި

ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެެވެ. މި ފަހުމުނާމާއަކީ ރާއްޖޭގެ ޕޯޓް އިންޑަސްޓްރީއަށް ބޭނުންވާ ތަމްރީނާއި ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަށް މުހިންމު ފިޔަވަޅެކެވެ.

މި ފަހުމުނާމާގައި ސޮއިކުރުމަށް އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރ މުހައްމަދު މުއީނެވެ. އަދި އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. މި ރަސްމިއްޔާތުގައި ދެ ފަރާތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން އެމް.ޕީ.އެލް އާއި އެމް.އެން.ޔޫ ގުޅިގެން “މޮޑާރން ޕޯޓް މެނޭޖްމަންޓް”ގެ ޑިގްރީ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ)ގެ އެކްރެޑިޓޭޝަނާއެކު، ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގައި ހިންގާ ފުރަތަމަ ޑިގްރީ ޕްރޮގްރާމްކަމުން، މި ދާއިރާގައި ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މިއީ ރަނގަޅު ފުރުސަތެކެވެ.

އެމް.ޕީ.އެލް އިން ދަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނުގެ ގިނަ ފުރުސަތުތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން އެމް.ޕީ.އެލް ޕޯޓް ޓްރެއިނިން ސެންޓަރ މެދުވެރިކޮށް މިހާރުވެސް ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ސެޓްފިކެޓް ލެވެލްގެ ބައެއް ކޯސްތައް ހިންގަމުންދެއެވެ. މި ޑިގްރީ ކޯސް ހިންގުމާއެކު، ޕޯޓް މެނޭޖްމަންޓްގެ ދާއިރާ އިތުރަށް ހަރުދަނާވެ، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment