ޚަބަރު
މިދިޔަ ރޯދަ މަހެކޭ އެއްގޮތަށް މި ރޯދަ މަހުވެސް ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދެނީ

ކުރިޔަށް އޮތް ރަމަޟާން މަހުވެސް ރޯދަ ހަދިޔާއެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ.

ނިމިދިޔަ ރަމަޟާންމަހުގައިވެސް ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި މުޅި ރާއްޖޭގެ 111،808 އަށްވުރެ ގިނަ ގޭބިސީތަކަށް 48 ދަޅުގެ މަސްދަޅު ކޭސް ބަހާފައެވެ. އޭގެތެރޭގައި އަތޮޅުތެރޭގެ 61099 ގޭބިސީއާއި މާލޭގެ 49،899 ގޭބިސީ ހިމެނެއެވެ.

މިއަހަރުވެސް މަސްދަޅު ކޭސް ބަހަން ނިންމާފައިވާކަން ހާމަކުރެއްވީ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު އާދަމް ޝަރީފް އުމަރުއެވެ. ވަޒީރު ވިދާޅުވީ މިހާރުވެސް ބައެއް ރަށްތަކުގެ ކައުންސިލުން ރޯދަ ހަދިޔާ ބެހުމަށް ގޭބިސީތަކުން ރެޖިސްޓްރީވުމަށް އިއުލާން ކުރަމުންދާ ކަމަށެވެ.

މިދިޔަ ރޯދަ މަހު ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދީފައި ވަނީ އާންމުކޮށް ބޭނުންކުރާ 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެކެވެ. އޭގެ ކުރީ ރޯދަ މަހު ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދިނީ ކާޑުގެ ބާވަތްތަކެވެ. އެއީ 10 ކިލޯ ފުށާއި 10 ކިލޯ ހަނޑުލެވެ. ނަމަވެސް މިފަހަރު ރޯދަ ހަދިޔާގެ ގޮތުގައި ދޭނެ ބާވަތެއް އަދި ސަރުކާރުން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.

މި ހަދިޔާ ދިނުމުގައި ގޭބިސީއެއްކަމުގައި ބެލެވޭނީ ވަކިން ކައްކާ، ކައިބޮއި އަދި ދިރިއުޅޭ ދިވެހި އާއިލާތަކެވެ. ކޮންމެ ގޯއްޗަކުންވެސް ފުރާނީ، ހުރިހާ ގޭބިސީތައް ހިމަނައިގެން އެއް ފޯމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment