ޚަބަރު
55 ކައުންސިލް އިމާރާތުގެ މަސައްކަތް، 2026 ޖުލައިގެ ނިޔަލަށް ނިންމަނީ

55 ކައުންސިލް އިމާރާތުގެ މަސައްކަތް، އަންނަ ޖުލައިގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ސިޓީތަކާ އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސިޓީތަކާ އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވަނީ، 55 ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ހާމަކުރައްވާފައެވެ. މި މަޝްރޫޢަކީ ބާވެ ވީރާނާވެފައިވާ ކައުންސިލް އިމާރާތްތައް ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޚާއްސަ ސިޔާސަތެއްގެ ދަށުން، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރާ 55 ކައުންސިލް އިމާރާތް ނިމޭއިރު، އެތަންތަނުގެ ގޯތީގެ ވަށާފާރު ރާނައި ނިންމާނެއެވެ. މީގެ އިތުރުން، އޮފީސް ހިންގުމަށް ބޭނުންވާ ފަރުނީޗަރުވެސް މި މަޝްރޫޢުގެ ތެރެއިން ހަމަޖެހިފައިވާކަމަށް ސިޓީތަކާ އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިއީ ރަށްރަށުގެ ކައުންސިލްތަކަށް ޒަމާނީ ފެންވަރުގައި ޚިދުމަތް ދިނުމަށް މަގުފަހިކޮށްދޭނެ މަޝްރޫޢެކެވެ.

ބާވެ ވީރާނާވެފައިވާ ކައުންސިލް އިމާރާތްތައް އަލުން ޢިމާރާތްކުރުމަށް ހިންގާ މި މަޝްރޫޢުގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށެވެ. އެގޮތުން، މިހާތަނަށް 42 ރަށެއްގައި އިމާރާތްކުރާ ކައުންސިލްތައް ވަނީ މޮބިލައިޒްކުރެވިފައެވެ. އަދި 38 ރަށެއްގައި ކައުންސިލް އިމާރާތްތައް އެޅުމަށް ބޭނުންވާ ސާމާނު ސައިޓަށް ފޮނުވާފައިވާކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ފުރަތަމަ ހަވާލުކުރެވުނީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް ކުންފުންޏާއެވެ. ނަމަވެސް، ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް މަޝްރޫއަށް ގެނައުމަށް އެ ކުންފުނިން ބޭނުން ނުވުމުން އެ އެއްބަސްވުން ބާތިލުކުރެވުނެވެ. އެއަށްފަހު، މި މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އާރުސީސީއާ ހަވާލުކުރީ 631 މިލިޔަން ރުފިޔާއަށެވެ.

ބާވެ ވީރާނާވެފައިވާ ކައުންސިލް ޢިމާރާތްތައް ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޚާއްސަ ސިޔާސަތުގެ ދަށުން، މި ދައުރުގެ ތެރޭގައި 100އަށް ވުރެ ގިނަ ރަށުގައި ކައުންސިލް ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުތައް ނިމުމުން، ރަށްރަށުގެ ކައުންސިލްތަކުގެ ޚިދުމަތްތައް ފުޅާވެ، އިދާރީ ހިންގުން ހަރުދަނާވެގެންދާނެކަމަށް ލަފާކުރެވެއެވެ..

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment