ޚަބަރު
ހިޔަލަ ހޭންޑްބޯލް މުބާރާތުގެ ފެށުން: ދަޑެކޮޑިއަންސް ގެ މައްޗަށް ފިޓް ފެމަނައިން ތަފާތު ބޮޑު މޮޅެއް

ހަވަރު ސްޕޯޓްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ “ހިޔަލަ ހޭންޑްބޯލް” މުބާރާތުގެ ފުރަތަމަ މެޗުގައި ދަޑެކޮޑިއަންސް ގެ މައްޗަށް ފިޓް ފެމަނައިން ތަފާތު ބޮޑު މޮޅެއް ހޯދައި ދަޑެކޮޑިއަންސް ބަލި ކޮށްފިއެވެ.

ތިނަދޫ ސިޓީ ސްޓޫޑިއަމްގައި ޚާއްޞަ ރަސްމިއްޔާތަކާ އެކު ރޭ ފެށި މި މުބާރާތުގެ އޯޕެނިންގދ މެޗް ގައި ފިޓް ފެމިނިން މޮޅުވީ 40-18 ލަނޑުންނެވެ. 22 ލަނޑުގެ ތަފާތަކުން ދަޑެކޮޑިއަންސް ބަލިވި ކަމުގައި ވިޔަސް އެ ޓީމު ވަނީ ފިޓް ފެމަނައިން ގެ މޮޅު ކުޅުންތެރިންނާއެކު ރަނގަޅު ކުޅުމަށް ދެއްކޭތޯ މަސައްކަތް ކޮށްފައެވެ.

ހިޔަލަ ހޭންޑްބޯލް މުބާރާތުގެ އަންހެން ޑިވިޝަންގެ ފެށުނު ތަފާތު ބޮޑު ނަތީޖާއާއެކު ފިޓް ފެމިނައިން މޮޅު ވުމުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރީ އެޓީމުގެ ޖާޒީ ނަންބަރު 18 ޚަދީޖާ އަހުމަދު އެވެ. އޭނާ ވަނީ މެދުގެ މޮޅު ކުޅުންތެރިޔާ ގެ މަގާމު ހޯދާފައެވެ.

ވަރަށް ފުރިހަމަ އިންތިޒާމުތަކަކާއެކު ހަވަރު ސްޕޯޓްސް އިން ކުރިޔަށް ގެންދާ މި މުބާރާތުގެ އަންހެން ޑިވިޝަންގެ 2 ވަނަ މެޗުގައި މިރޭ ބައްދަލު ކުރާނީ އޭއެސްއެމްއެޗް އާއި ސިޓީ ސްޓަރ އެވެ. މިއީ ވަރަށް ވަރުގަދަ ޓީމަކަށް ވާނެ ކަމަށް ބެލެވެއެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގައި ބައިވެރިވެފައި ވަނީ 5 ޓީމެވެ.

ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ “ހިޔަލަ ހޭންޑްބޯލް” މުބާރާތަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ސިލްސިލާ މުބާރާތެކެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުރިޔަށް ގެންދާ މި މުބާރާތުގައި ފިރިހެން ޑިވިޝަންގައި ބައިވެރިވީ 3 ޓީމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment