ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ “ހިޔަލަ ހޭންޑްބޯލް” މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ކްލަބް ވެމްކޯ ފަޔަރ ސްޓޯމް ބައްދަލު ކުރި މެޗު 29-25 ލަނޑުން ވެމްކޯ މެޗު ކާމިޔާބު ކޮށްފި އެވެ.
ވަރަށް ވަރުގަދަ އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗުގައި 4 ލަނޑުގެ ތަފާތަކުން ވެމްކޯ މޮޅުވިޔަސް 2 ޓީމު ވެސް ވަނީ ވަރައް ވާދަވެރިކަން ބޮޑު މޮޅު ކުޅުމެށް ދައްކާފައެވެ. މި މެޗުގެ ސަބަބުން މުބާރާތުގެ ފޯރި ވަނީ ގަދަވެފައެވެ.
މުބާރާތުގެ 2 ވަނަ އަދި ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވައިފައިވަނީ ކްލަބް ވެމްކޯގެ މުހައްމަދު އަފްއަން އާތިފް (ޖ 04) އެވެ.
ފިރިހެން ޑިވިޝަން 2 ވަނަ މެޗުގައި މިރޭ ބައްދަލު ކުރާނީ ރޭގެ މެޗުން ބަލިވި ފަޔަރ ސްޓޯމް އާއި ސްކޯޕިއަން އެވެ. މި މެޗު ފަށާނީ މިރޭ ގެ ދެވަނަ މެޗުގެ ގޮތުގައެވެ.
ހަވަރު ސްޕޯޓްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ “ހިޔަލަ ހޭންޑްބޯލް” މުބާރާތް ކުރިޔަށް ދަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ހޭންޑްބޯލް ދަނޑުގައެވެ.
މި މުބާރާތުގެ މެޗްތައް ލައިވް ކުރަނީ އިވެންޓް ކާސްޓް އިންނެވެ.

