ޚަބަރު
ފަޔަރ ސްޓޯމްގެ އަތްދަށުނުވެ ސްކޯޕިއަންސް ސަލާމަތް ވެއްޖެ

ތިނަދޫ ސިޓީގައި މިހާރު ކުރިއަށްދާ ،ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ “ހިޔަލަ ހޭންޑްބޯލް 2025” މުބާރާތުގެ ރޭގެ ފިރިހެން ޑިވިޝަނު މެޗުން ފަޔަރ ސްޓޯމްގެ އަތްދަށުން ސްކޯޕިއަންސް ސަލާމަތްވީ ހަމަ ކިރިޔާއެވެ.

ރޭގެ މެޗުން ކްލަބް ވެމްކޯ ފަޔަރ ސްޓޯމް އަތުން 7 ލަނޑުގެ ތަފާތާއި އެކު 29-22 ލަނޑުންނެވެ.

ތިނަދޫ ސިޓީ ސްޓޭޑިއަމްގައި ވަރަށް ވާދަވެރިކޮށް ކުރިޔަށް ދިޔަ މި މެޗުގެ މޮޅުކުޅުންތެރިޔާ އަކަށް ހޮވުނީ ސްކޯޕިއަންސްގެ ޖާޒީ ނަންބަރު 07 ޔަޝްމިލް އެވެ.

ފިރިހެން ޑިވިޝަންގައި މިރޭ ބައްދަލުކުުރާނީ ވެމްކޯ އާއި ސްކޯޕިއަންސް އެވެ. މި 2 ޓީމުވެސް ވަނީ 1 ކުޅުނު މެޗުން މޮޅުވެފައެވެ.
އެހެންކަމުން މިރޭ ގެ މެޗު ވާނީ 2 ޓީމަށް ވެސް ފައިނަލް މެޗަކަށެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގެ 3 ވަނަ މެޗުގައި މިރޭ ބައްދަލު ކުރާނީ ކްލަބް ވެމްކޯ އާއި ދަޑެކޮޑިއަންސްއެވެ. ވެމްކޯ އާއި ދެކޮޅަށް ދަޑެކޮޑިއަންސް ނުކުންނަ އިރު ކުރިން ކުޅުނު މެޗުން ބަލިވެފައި ވުމާއެކު މިރޭގެ މެޗް ދަޑެކޮޑިއަންސް އަށް ވަރަށް މުހިންމު ވާނެއެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގައި ބައިވެރިވެފައި ވަނީ 5 ޓީމެވެ.

ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ “ހިޔަލަ ހޭންޑްބޯލް” މުބާރާތަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ސިލްސިލާ މުބާރާތެކެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުރިޔަށް ގެންދާ މި މުބާރާތުގައި ފިރިހެން ޑިވިޝަންގައި ބައިވެރިވީ 3 ޓީމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment