ޚަބަރު
މާލޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް 2 ދުވަސްތެރޭ 501 ސަރަހައްދެއް ބަލައި ފާސްކޮށްފި

މާލޭގެ ރައްކާތެރިކަމާއި ސަލާމަތް ކަށަވަރުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން މިމަހުގެ 13 އަދި 14 ވަނަ ދުވަހު މާލޭގެ 501 ސަރަހައްދެއް ބަލައިފާސްކޮށްފިއެވެ. މި މަސައްކަތަކީ ގޭންގު ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވައި، މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި ދެދުވަސްތެރޭ ކުރެވުނު އޮޕަރޭޝަންތަކުގައި 129 އިންޓަރެކްޝަން ހަދާފައިވެއެވެ. މީގެ އިތުރުން، 10 އުޅަނދެއް ޗެކްކޮށް، ގަވާއިދާ ޚިލާފަށް ހުރި 4 އުޅަނދެއް ވަނީ ޓޯވްކޮށްފައެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، އާންމުންގެ ހިތްތަކުގައި އުފެދޭ ބިރުވެރިކަން ކުޑަވުމަށް އެހީތެރިވެދެއެވެ.

މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމަށް، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ސަރުކާރުން ވަނީ މިއަހަރުގެ އޮގަސްޓުމަހު ގޭންގު ކުށްތަކުގެ އައު ޤާނޫނަށް ޢަމަލުކުރަން ފަށައިފައެވެ. މި ޤާނޫނު ތަންފީޒުކުރުމަކީ ފުލުހުންގެ މިފަދަ މަސައްކަތްތަކަށް އިތުރު ބާރެއް ލިބި، ކުށްކުރުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ، ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް، އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރެއް ދިނުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނެކެވެ. އަދި އެފަދަ ކުށްތަކުގައި އުޅޭ މީހުން ކުށުގެ ވެށިން ދުރުކޮށް، މުޖުތަމައަށް ރުޖޫޢަވުމަށް ފިޔަވަޅުތައް އެޅުމާއި އެފަދަ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓަރކޮށް ފިޔަވަޅުއެޅުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މަޤްޞަދެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment