ޚަބަރު
ޤައުމެއް ބިނާކުރުމުގައި ހިނގާ މައިގަނޑު ހުރިހާކަމެއް ބައްޓަން ކުރުމުގެ ފުރަތަމަ މޭސްތިރިއަކީ މަންމަ: މެޑަމް

ޤައުމެއް ބިނާކުރުމުގައި ހިނގާ މައިގަނޑު ހުރިހާކަމެއް ބައްޓަން ކުރުމުގެ ފުރަތަމަ މޭސްތިރިއަކީ މަންމަކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ ވަނީ އަންހެނުންނަކީ އުންމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލުކަމަށާއި، އެކަމަށްޓަކައި އަންހެނުންނަށް ފުރިހަމަ ގަދަރާއި އިޙްތިރާމް ދޭންޖެހޭނެކަމަށް ވިދާޅުވެފައެވެ. އެކަމަނާ މިފަދައިން ވިދާޅުވީ “ރެހެންދި އެވޯޑް” ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ޙަފްލާގައި އެކަމަނާ ވަނީ 2024 އަދި 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑް ޙާސިލުކުރެއްވި ފަރާތްތަކަށް އެވޯޑާއި ބްރޫޗް ޙަވާލުކޮށްދެއްވާފައެވެ.

އަންހެނުންގެ ކުރިއެރުމާއި ބާރުވެރިކުރުވުމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ސާޖިދާ މުޙައްމަދު ފާހަގަކުރެއްވީ، މުސްލިމުން އެންމެ ފުރަތަމަވެސް ހަނދާންކުރަންޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ މަތިވެރި މަޤާމުކަމަށެވެ. އެކަމަނާ ވިދާޅުވީ، އެއްވެސް ކަމެއްގައި އަންހެނަކަށްވީތީ ނިކަމެތިކަމެއް ނުވަތަ ބޭއިންސާފެއް އިސްލާމްދީނުގައި ލައްވާފައި ނުވާކަމަށާއި، އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ ޢަދުލު އިންސާފު ފުރިހަމަކަމަށެވެ.

އެކަމަނާ އިތުރަށް ވިދާޅުވިއެވެ. “ހެޔޮ އަމަލުކުރުން ކަމުގައިވިޔަސް، ނުބައި އަމަލުކުރުން ކަމުގައިވިޔަސް، ޖަޒާ ލިބުމުގައިވެސް އޮތީ އަދުލުވެރިކަން. ހަމައެހެންމެ މުދާ މިލްކުކުރުމާއި ވިޔަފާރިކުރުންފަދަ އެހެނިހެން މުޢާމަލާތްތަކުގައިވެސް އަންހެނަކަށްވީތީ ހުރަސްއެޅޭ ނުވަތަ އުނިވާކަމެއްނެތް. އަޅުގަނޑުމެން މުސްލިމުން އިސްލާމްދީން ފުންކޮށް ބަލައި ވިސްނުމުން ކަށަވަރުވަނީ އަންހެނުންނަށް މާތްﷲ އެކަލާނގެ ދީނުގައި ދެއްވާފައިވާ މަތިވެރި މަޤާމު. ޢަދުލު އިންސާފު، ޢިއްޒަތާއި ގަދަރު.”

އަންހެނުންނަކީ އުއްމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލުކަން ފާހަގަކުރައްވާ، ފަސްޓް ލޭޑީ ވިދާޅުވީ މަންމައިންނަކީ ކޮންމެ އިންސާނެއްގެވެސް އެންމެ ފުރަތަމަ މުދައްރިސްކަމަށާއި، އެންމެ ފުރަތަމަ އެހީތެރިޔާކަމަށެވެ. އެހެންކަމުން މަންމައިންގެ ވާޖިބަކީ އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ މުހިންމުކަމެއްކަމަށް އެކަމަނާ އިޝާރާތްކުރެއްވިއެވެ.

ޤައުމު ބިނާކުރުމުގައި މައިންގެ ދައުރަށް އަލިއަޅުވާލައްވާ އެކަމަނާ ވިދާޅުވިއެވެ. “ކުރުކޮށް ދަންނަވާނަމަ ޤައުމެއް ބިނާކުރުމުގައި ހިނގާ މައިގަނޑު ހުރިހާކަމެއްގައި އެ ޤައުމެއް ބައްޓަންކުރުމުގެ ފުރަތަމަ މޭސްތިރިއަކީ މަންމަ. އެހެންކަމުން އަޅުގަނޑުމެން ކޮންމެ ވާޖިބެއް އަދާކުރިކަމުގައިވިޔަސް މަންމައެއްގެ ވާޖިބު އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ. ހަމައެއާއެކު މަންމައަކަށްވުމުގެ އެދުމާއި އުއްމީދުގައި އަދި ހެޔޮ ދުޢާގައި ތިއްބެވި އެންމެހާ ބޭފުޅުންނަށްވެސް އަޅުގަނޑުމެންގެ ފުރިހަަމަ އިޙްސާންތެރިކަމާއި ހެޔޮ ދުޢާ ދެމެހެއްޓުން ވަރަށް މުހިންމު.”

ރެހެންދި އެވޯޑަށް އިޝާރާތްކުރައްވާ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، މިއީ އަންހެނުންގެ ކިބައިގައި ހުންނަ ހުނަރުވެރިކަމާއި ކުޅަދާނަކަމާއި ހިތްވަރު ރަމްޒުކޮށްދޭ އެވޯޑެއްކަމަށެވެ. އަދި މިއީ އަންހެނުން ބާރުވެރިކޮށް، ހުނަރުވެރިކޮށް ހުރިހާ ދާއިރާއެއްގައި ފުރުޞަތުތައް ތަނަވަސްކޮށްދީ، އަންހެނުންގެ މަޤާމާއި ދަރަޖަ އުފުލައި ދިނުމަށް ދެވޭ އެވޯޑެއްކަން ފާހަގަކުރައްވާ، އެކަމަނާ ވަނީ އެވޯޑް ޙާސިލުކުރެއްވި ހުރިހާ ފަރާތްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment