ފެންޑާ
ފަތިސްތަރި: ބާލީހު އުރަ، މޫނުގައި ބިހި ނެގުމުގެ ސަބަބަކަށް ވެދާނެ!

ނިދުމުގެ ތެރޭގައި އަހަރެމެންގެ މޫނާއި ހަންގަނޑު އެންމެ ގިނައިރު ޖެހި ހޭކޭ އެއްޗަކީ ބާލީހުއުރައެވެ. ނަމަވެސް ގިނަ ބަޔަކަށް ނޭނގި އޮންނަ ހަޤީޤަތަކީ، ބާލީހުއުރައަކީ ހަމުގެ މައްސަލަތައް، ޚާއްސަކޮށް މޫނުގައި ބިހި ނެގުމަށް މެދުވެރިވާ އެއް ސަބަބުކަމެވެ. މިއަދުގެ ފަތިސްތަރީގައި އަލިއަޅުވާލާނީ ބާލީހުއުރައިގެ ސާފުތާހިރުކަމާއި ހަންގަނޑުގެ ސިއްޙަތާ ހުރި ގުޅުމުގެ މައްޗަށެވެ.

ބާލީހުއުރައިގައި ހަންގަނޑަށް ގެއްލުންދޭ މާއްދާތައް އެކުލެވުން

ނިދާފައި އޮންނަ އިރު، އަހަރެމެންގެ ހަންގަނޑުން ތެޔޮ (ސީބަމް)، މަރުވެފައިވާ ހަމުގެ ސެލްތައް، ދާ، އަދި ބޭނުންކުރާ ހަމުގެ ކްރީމްތަކާއި އިސްތަށިގަނޑުގައި ލާ ކްރީމާއި ތެޔޮ ބާލީހު އުރައިގެ ތެރެއަށް ފުރޭނިގެން ދެއެވެވެ. މި މާއްދާތަކުގެ އިތުރުން، ހިރަފުހާއި ބެކްޓީރިއާ ވެސް ބާލީހުއުރައިގައި ޖަމާވެއެވެ. ދިގު މުއްދަތެއްގައި ބާލީހުއުރަ ނުދޮވެ ބޭނުންކުރުމުން، މި ހުރިހާ އެއްޗެއް ޖަމާވެ، ބެކްޓީރިއާ ގިނަވެ، ހަންގަނޑަށް ގެއްލުންދޭ މާހައުލެއް އުފެދެއެވެ. ނިދާފައި އޮންނަ އިރު، މި ތަކެތި އަނބުރާ މޫނުގެ ހަންގަނޑަށް އަރައި، ހަމުގެ ޕޯލްސްތައް ބަންދުކޮށް، ބިހި އަދި އޮށާޅަ ނެގުމަށް މަގުފަހިކުރެއެވެ.

ބާލީހުއުރަ ދޮންނަންވީ ކިހާ ގިނައިން؟

ހަންގަނޑުގެ ސިއްޙަތު ރަނގަޅުކޮށް ބިހި ނެގުން މަދުކުރުމަށްޓަކައި، ބާލީހުއުރަ އަވަސް އަވަސްކޮށް ބަދަލުކުރަން ޖެހޭނެއެވެ. އާންމުކޮށް، ކޮންމެ ހަފްތާއަކު އެއްފަހަރު ބާލީހުއުރަ ބަދަލުކޮށް ދޮވުމަށް އިރުޝާދު ދެވެއެވެ. ނަމަވެސް، ބިހު ނެގުމުގެ މައްސަލަ ހުންނަ މީހުންނާއި، ގިނައިން ދާހިއްލާ މީހުން، ނުވަތަ ގެންގުޅޭ ޕެޓް ޖަނަވާރުން އެނދަށް އަރާނަމަ، ހަފްތާއަކު ދެ ފަހަރު ނުވަތަ އެއަށްވުރެ ގިނައިން ވެސް ބާލީހުއުރަ ބަދަލުކުރުން މުހިންމެވެ. މީގެ އިތުރުން، ބާލީހުއުރަ ބަދަލުކުރުމުގެ އިތުރުން، ކޮންމެ ހަ މަހަކުން އެއްފަހަރު ނިދަން ގެންގުޅޭ ބާލީސް ދޮވުމަކީ ވެސް މުހިންމު ކަމެކެވެ. އަދި އަހަރަކު އެއްފަހަރު ބާލީސް ބަދަލުކުރަން ޖެހޭނެއެވެ،

ހަންގަނޑަށް ފައިދާހުރި ބާލީހުއުރައިގެ ބާވަތްތައް

ބާލީހުއުރަ ހަދާފައި ހުންނަ ފޮތީގެ ބާވަތުން ވެސް ހަންގަނޑަށް ކުރާ އަސަރު ތަފާތެވެ. އުއި (ކޮޓަން) ފޮތިން ހަދާފައި ހުންނަ ބާލީހުއުރައަކީ އާންމުކޮށް ބޭނުންކުރާ އެއްޗެއް ނަމަވެސް، ކޮޓަން ނުވަތަ އުއި ތެޔޮކަމާއި ދާ ވަރަށް ބޮޑަށް ދަމާ އެއްޗެކެވެ. އެހެންކަމުން، ހަންގަނޑުގެ މައްސަލަތައް ހުންނަ މީހުންނަށް ސިލްކު(ފަށުވި)، ބެމްބޫ(އުއްދަނޑި)، ނުވަތަ ޔޫކަލިޕްޓަސް ފަދަ ފޮތިން ހަދާފައި ހުންނަ ބާލީހުއުރަ ބޭނުންކުރުން ރަނގަޅެވެ. މި ބާވަތްތަކުގެ ފޮތިތަކަކީ ތެޔޮކަން ދަމާލުން ކުޑަ، އަދި ނޭވާލާން ފަސޭހަ (ބްރީތަބަލް) ބާވަތްތަކަކަށް ވާތީ، ހަންގަނޑަށް ދިމާވާ މައްސަލަތައް މަދުކޮށް، ބިހި ނެގުން ކުޑަކޮށްދެއެވެ.

އޮމާން އަދި ސާފު ހަންގަނޑެއް ބޭނުންނަމަ، ބާލީހުއުރައިގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ބާލީހުއުރަ ކޮންމެ ހަފްތާއަކު އެއްފަހަރު ދޮވެ، ހަންގަނޑަށް ފައިދާހުރި ފޮތީގެ ބާވަތެއް ބޭނުންކުރުމަކީ ހަމުގެ މައްސަލަތަކުން ސަލާމަތްވެ، ރީތި ހަންގަނޑެއް ދެމެހެއްޓުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ. ހަމައެކަނި ބާލީހުއުރަ ނޫން، އެނދުގައި ބޭނުންކުރާ އެހެނިހެން ތަކެއްޗާއި، މޭކަޕް ބްރަޝް ފަދަ ތަކެތި ވެސް އަބަދުވެސް ސާފުކޮށް ބެހެއްޓުމަކީ ހަންގަނޑުގެ ސިއްޙަތަށް ވަރަށް މުހިންމު ކަމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment