ޚަބަރު
ވެމްކޯ އަންހެނުން އަތުން ބަލިވެ ދަޑެކޮޑިއަންސްގެ އަމިއްލަ ބާރު ހަނި ވެއްޖެ

ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ “ހިޔަލަ ހޭންޑްބޯލް” މުބާރާތުގައި ރޭ ކުޅުނު މެޗުން ވެމްކޯ އަންހެނުން އަތުން ބަލިވެ ދަޑެކޮޑިއަންސްގެ އަމިއްލަ ބާރު ހަނި ވެއްޖެއެވެ.

ޖުމްލަ 5 ޓީމު ބައިވެރިވި އަންހެން ޑިވިޝަންގެ މުބާރާތުގެ ރޭގެ މެޗު ވެމްކޯއިން ކާމިޔާބު ކުރީ 11’12 އިންނެވެ . މެޗުން ބަލިވުމުން މުބާރާތުގައި ކުޅެން އިތުރު މެޗުތައް ހުރި ނަމަވެސް ކުރި ހޯދުމުގެ ޖާގަ ވަރަށް ބޮޑަށް ހަނިވީއެވެ.

ދަޑެކޮޑިއަންސް ވަނީ ކުޅުނު 2 މެޗުންވެސް ބަލިވެފައެވެ. އަންހެން ޑިވިޝަންގެ މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ވެމްކޯގެ އިތުރުން ސިޓީ ސްޓަރ އަދި ފުޓް ފެމަނައިން ވަނީ 1 މެޗު ކުޅެގެން މޮޅުވެ 3 ޕޮއިންޓް ހޯދާފައެވެ.

ރޭގެ މެޗުގެ ކުއީން އޮފް ދަ މެޗް ވެމްކޯގެ ޖިމްނާ ހަސަން—-ފޮޓޯ: ދޮންކޮޅު

ރޭގެ މެޗުގެ ކުއީން އޮފް ދަ މެޗް ލިބުނީ ވެމްކޯގެ ޖިމްނާ ހަސަން އަށެވެ.

މިރޭ ގެ މެޗުގައި ބައްދަލު ކުރާނީ ފިޓް ފެމަނައިން އާއި ތިނަދޫ ހޮސްޕިޓަލެވެ. މިރޭ ކުޅޭ 2 މެޗުވެސް އިވެންޓް ކާސްޓް އިން ލައިވް ކުރާނެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment