ޚަބަރު
ރައްޔިތުންނަށް އެއާ އެމްބިއުލާންސް ހިދުމަތް އާސަންދައިން ހުރަހެއްނެތި ލިބޭނެ: ވަޒީރު ނާޡިމް

ރައްޔިތުންނަށް އެއާ އެމްބިއުލާންސްގެ ހިދުމަތް އާސަންދަ ނިޒާމުގެ ތެރެއިން ފޯރުކޮށްދިނުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނުވަތަ ދައްޗެއް ނޯންނާނެ ކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޡިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ އެއާ އެމްބިއުލާންސް ހިދުމަތް ދުބާއީ އަދި ތައިލެންޑަށް ފެށުމަށް ރޯޝަނީ ބިލްޑިންގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

ވަޒީރު ނާޡިމް ވިދާޅުވީ މިއަދަކީ ރާއްޖޭގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ސިއްހީ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އިތުރު ހަރުފަތެއް ގިރާކުރެވުނު ދުވަހެއް ކަމަށެވެ. މި މަސައްކަތުގައި ރައީސް މުއިއްޒު ކޮށްދެއްވި މަސައްކަތްޕުޅަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭން ޖެހިއްޖެ ހާލަތެއްގައި، ހެލްތު ޕްރޮފެޝަނަލުންގެ ނިންމުންތަކަށް ބަލައި، ގާނޫނީ ހަމަތަކުގެ މަތިން އެ ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ގާނޫނީ ހުރަސްތަކާއި، އިދާރީ ހަމަތަކާއި، އެސްއޯޕީތަކާއި، ފައިނޭންޝަލް ޕްރޮސީޖާސްތައް ހަމަޖެހިގެންދާނެ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އެއާ އެމްބިއުލާންސްގެ ހިދުމަތް ބޭރުގެ ގައުމުތަކުން ހޯދަން ޖެހިއްޖެ ހާލަތެއްގައި އާސަންދައިގެ ތެރެއިން ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

“އެކަމަށް ތައްޔާރުވެ މި ނިމުނީ، ނަތީޖާއެއްގެ ގޮތުން އެފަދަ ހާލަތެއް މެދުވެރިވެއްޖެ ކޮންމެ ހާލަތެއްގައި ހިދުމަތް ފޯރުކޮށްދިނުމަކަށް ގާނޫނީ އެއްވެސް ހުރަހެއް ދައްޗެއް އެންސްޕާ ނިޒާމުގެ ތެރެއިން ނޯންނާނެ،” ވަޒީރު ނާޡިމް ވިދާޅުވިއެވެ.

ވޭތުވެ ދިޔަ އަހަރު ރާއްޖޭގައި ތައާރަފް ކުރެވުނު އެއާ އެމްބިއުލާންސްގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދިވެހި ރައްޔިތުންނަށް ލިބެމުންދާކަން ފާހަގަކުރައްވައި، ވަޒީރު ނާޡިމް ވިދާޅުވީ އެމަޖެންސީ މެޑިކަލް ސާވިސަސްއިން ދުވަހެއް ދުވަހަށް ސިއްހީ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދެވޭނެ ކަމަށާއި، މުވައްޒަފުން އިތުރުކޮށް ތަމްރީނު ކުރުމާއި، އިކުއިޕްމެންޓްސް ހޯދުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީރު ނާޡިމް އިބްރާހީމް, ވިދާޅުވީ ރައީސްގެ ސިޔާސަތުތަކާ އެއްގޮތަށް ސިއްހީ ނިޒާމު ހަރުދަނާކޮށް ވަރުގަދަ ކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment