ޚަބަރު
މިފްކޯގެ ސެންޓަރުތަކަށާއި ބޯޓު ފަހަރަށް, 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝެރީޒް ކޮމްޕެނީ (މިފްކޯ) ގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ގަންނަން ރަސްމީކޮށް ފަށައިފިއެވެ.

މިފްކޯއިން ބޮޑުކަންނެލި ގަތުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިންމައި، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

ކަންނެލި ގަންނަ އަގުތަކާއި ސަރަހައްދުތައް; މިފްކޯއިން ހާމަކުރި ގޮތުގައި 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ކަނޑައަޅާފައިވަނީ ކިލޯއެއް 20 ރުފިޔާގެ މަގުންނެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ގަންނަމުންދަނީ ކިލޯއެއް 25 ރުފިޔާ އަށެވެ. މި ސައިޒުގެ ކަންނެލި މިހާރު ކޫއްޑޫ ބަނދަރާއި، އައްޑޫ ބަނދަރާއި، ފުވައްމުލަކާއި، ގދ. ގައްދޫގެ އިތުރުން ގދ. ތިނަދޫގައި ހަރަކާތްތެރިވާ މިފްކޯގެ ބޯޓުފަހަރަށް ދަނީ ގަންނަމުންނެވެ.

މިފްކޯއިން ވިދާޅުވީ ސަރުކާރުގެ ވައުދާ އެއްގޮތަށް، މިފްކޯއަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރަމުންދާ ކަމަށެވެ. މިއީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުންޏުން ފާހަގަކުރެއެވެ.

މަސްވެރިންނަށް ލިބުނު ބޮޑު ލުޔެއް; ބޮޑުކަންނެލި މަސްވެރިންނަށް މީގެ ކުރިން ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިފްކޯއަށް މަސް ނުކިރުމެވެ. މީގެ ކުރިން ބޮޑުކަންނެލި ގަންނަމުން ދިޔައީ ހަމައެކަނި އަމިއްލަ ކުންފުނިތަކުން ކަމަށްވާއިރު، މަސް ވިއްކައިގެން ބިލްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން މަސްވެރިންނަށް ދިޔައީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންނެވެ. ނަމަވެސް މިފްކޯއިން މަސް ގަންނަން ފެށުމާއެކު އެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކަނޑުއޮތްގިރި އަދި އާ ފެސިލިޓީގެ މަސައްކަތް; ޖުމްލަ 4 ހެކްޓަރުގެ ކަނޑުއޮތްގިރިއަކީ މީގެ ކުރިން މިފްކޯގެ ލައިފްސްޓައިލް އުފެއްދުންތަކުގެ މައި ހަބެއްގެ ގޮތުގައި ބޭނުންކުރި ރަށެކެވެ. އެރަށުގައި މިހާރު ކަންނެލީގެ އިތުރުން ކަޅުބިލަމަސްވެސް ގަންނަން ވަނީ ފަށާފައެވެ. މީގެ އިތުރުން، ހުޅުމާލޭގައި 25,000 އަކަފޫޓުގެ ބިމެއްގައި ބޮޑުކަންނެލި ޕްރޮސެސިންގ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި ގާއިމުކުރާ ފެސިލިޓީއަށް ބޭނުންވާ ފަންޑިންގ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) އިން މިހާރު ވަނީ ހަމަޖެހިފައެވެ. އަދި މި މަހުގެ ތެރޭގައި އެ ފެސިލިޓީގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment