ޚަބަރު
ޓެކްސްއަށް މަކަރު ހެދި މައްސަލައިގައި ޑރ ލަތީފާއި ޑރ. އިކްލީލްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އިން ކޯޓަށް

ކޮވިޑް-19ގެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދީގެން ހޯދި އާމްދަނީގެ ޓެކްސްއަށް ގަސްދުގައި މަކަރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ޑރ. ޢަލީ ޢަބްދުﷲ ލަތީފާއި، ޑރ. އިކްލީލު ޝަރީފުގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވީ، އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާދާރުން ކަމަށްވާ ޑރ. އިކްލީލް ޝަރީފާއި، ޑރ. ޢަލީ ޢަބްދުﷲ ލަޠީފާއި، މި ދެމީހުންގެ މަޞްލަޙަތު އޮންނަ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މީރާއަށް ހުށަހެޅި ޓެކްސް ބަޔާންތަކުގައި އޮޅުވާލައި، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވެފައިވާ ކަމަށެވެ. މި މައްސަލަ ތަޙުޤީޤުކޮށް ޕީޖީ އޮފީހަށް ހުށަހެޅީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.

މި މައްސަލައިގައި އައިލެންޑް ހެލްތު ސޮލިއުޝަންސްގެ މައްޗަށް ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ 3 ދަޢުވާއަކާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދަޢުވާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ޕައިނިއަރ މޯލްޑިވްސްގެ މައްޗަށް ޓެކްސް ދެއްކުމުން އެއްކިބާވުމުގެ 2 ދަޢުވާއެއް ވަނީ އުފުލާފައެވެ. ވަކިވަކި ފަރުދުންގެ ތެރެއިން ޑރ. ޢަލީ ޢަބްދުﷲ ލަޠީފުގެ މައްޗަށް 3 ދަޢުވާ، އަދި ޑރ. އިކްލީލް ޝަރީފާއި ޢަލީ ފަޔާޟުގެ މައްޗަށް 5 ދަޢުވާ ކުރުމަށް ވަނީ ކޯޓަށް ހުށަހަޅާފައެވެ.

ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، މި ދެ ކުންފުނިން ޖުމްލަ 20,200,401 (ވިހި މިލިއަން ދެ ލައްކަ ހަތަރު ސަތޭކަ އެއް) ރުފިޔާގެ ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވެފައިވެއެވެ. އެހެންކަމުން، މި ދަޢުވާތައް ސާބިތުވާ ޙާލަތުގައި، ޓެކްސް ދެއްކުމުން އެއްކިބާވި ޢަދަދުގެ ދެ ގުނައަށްވާ 40,400,802 (ސާޅީސް މިލިއަން ހަތަރު ލައްކަ އަށް ސަތޭކަ ދޭއް) ރުފިޔާއިން ކުންފުނިތައް ޖޫރިމަނާ ކުރުމަށް ކޯޓުގައި އެދުމަށް ވަނީ ނިންމާފައެވެ.

މި މައްސަލާގައި ވަކިވަކި މީހުންގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ، ދަޢުވާ ލިބޭ ކުންފުނިތަކުގައި އެ މީހުން އަދާކުރާ ދައުރަށް ބަލައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި ޤާނޫނުލްޢުޤޫބާތުގެ ދަށުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment