ރިޕޯޓް
ސާފް ފުޓްސަލްގެ ޗެމްޕިއަންކަން ރާއްޖެއަށް؛ އައު އަހަރާއެކު ފަޚުރުވެރި ތާރީޚީ ރަންވަނައެއް!

17 އަހަރުގެ އިންތިޒާރަށް ފޮނި ނިމުމެއް؛

“މެޗު ބަލާށޭ، ކޮބާ ބޭނުމަކީ، ލަދެއްގައި ބެދޭނީ، ތި ޓީޝާޓު ލައިގެން ޓީވީ ކުރިމަތީ ހަޅޭއްލަވަން އިނުމަށްވުރެ ފައިދާ ހުރި އެހެންކަމެއް ކުރިއްޔާ މާ ރަނގަޅުވާނެ،”
ފައިނަލް މެޗާ ހަމައަށް އައި އިރުވެސް ރާއްޖެ މޮޅުވެދާނެކަމާމެދު ޝައްކު ކުރިމީހުންނާ ބަސްތައް ބުނި މީހުން މަދެއް ނޫނެވެ. ރާއްޖެއަށް އޮންނާނީ ދަނޑަށް އަރާފައި ފައިގައި ބޯޅަ ޖެހި ލިބޭ ފުރުސަތު ވަޔަށް ހަވަޔަށް ދޫކޮށްލާފައި އެނބުރި ބަލިވެގެން އައުމޭ ބޭކާރު ސަޕޯޓުކުރާނެ ކަމެއް ނެތޭ، ބުނި މީހުން މަދެއް ނޫނެވެ. އެހެންނަމަވެސް އެފަދައިން ބުނަމުންދިޔަ ދޫތައް ބަންދުކޮށްލީ މިއަދުގެ ފަހުރުވެރި ކާމިޔާބީ އެވެ.

މިއަދަކީ ދިވެހިން ފުޓްސަލްގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި ތަށްޓެއް ހޯދުމަށް ކުރަމުން އައި ދިގު އިންތިޒާރަށް ނިމުން އައި ތާރީޚީ ދުވަހެކެވެ. ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ ފުޓްސަލްގެ މައިދާނަށް ފުރަތަމަ ފިޔަވަޅު އެޅީ 2004 ވަނަ އަހަރުގެ އޭޕްރިލް މަހުގައެވެ. އޭގެ 17 އަހަރު ފަހުން، ރާއްޖޭގެ ފުޓްސަލް ޓީމު މިވަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ދިވެހި ކުޅިވަރުގެ ތާރީޚުގައި ރަން އަކުރަކުން ފަވާލެވޭނެ ފަދަ ކާމިޔާބީއެއް ހޯދާފައެވެ. މިއީ އެތައް ގޮންޖެހުންތަކަކާ އެކު ފެށި ދަތުރެއްގެ ކާމިޔާބު މަންޒިލެވެ.

2004 ވަނަ އަހަރުން ފެށިގެން ދިވެހިން ދެކެމުން އައި ފޮނި ހުވަފެން ހަޤީޤަތަކަށްވެ، ސަރަޙައްދީ ފެންވަރުގައި ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތް ކަމަށްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ތަށި ރާއްޖެއިން މިވަނީ ކާމިޔާބުކޮށްފައެވެ.

2026 ވަނަ އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ދިވެހިރާއްޖެއިން ކާމިޔާބުކުރުމަކީ ހަމައެކަނި ކުޅިވަރުގެ ރޮނގުން ހޯދި ކާމިޔާބީއެއް ނޫނެވެ. މިއީ އެތައް އަހަރެއްގެ ބުރަ މަސައްކަތާއި، ކުޅިވަރަށް އޮތް ލޯތްބާއި ކެތްތެރިކަމުގެ ފޮނި ނަތީޖާއެވެ.

ރާއްޖޭގައި ފުޓްސަލްގެ ފޯރި ގަދަވެ، އެންމެ މަޤްބޫލު ކުޅިވަރަށް ވީ ނަމަވެސް، ބައިނަލްއަޤްވާމީ މައިދާނުގައި ކާމިޔާބީއެއް ލިބިދާނެކަމާމެދު ބައެއް ފަރާތްތަކުން އުފެއްދި ސުވާލުތަކަށް މިއަދު މިވަނީ އަމަލުން ޖަވާބު ދީފައެވެ.

ރާއްޖޭގެ ކުޅުންތެރިން ގޯލަކަށްފަހު އުފާފާޅުކުރަނީ — ފޮޓޯ/ އެފްއޭއެމް

ފުޓުބޯޅައިގެ ތާރީޚުގެ ތެރެއިން އައި ދަތުރެއް

ދިވެހި ފުޓުބޯޅަ ސަރަޙައްދީ ފެންވަރުގައި ފާހަގަކުރެވެން ފެށީ 2000 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އޭގެ އެންމެ ފާހަގަކޮށްލެވޭ ވަގުތަކީ 2008 ވަނަ އަހަރު އިންޑިއާ 1-0 އިން ބަލިކޮށް، ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ތާރީޚީ ދުވަހެވެ. އެ ކާމިޔާބީ ފާހަގަކުރެވުނީ ސަރަޙައްދީ ގަދަބާރެއްގެ މައްޗަށް ކުޑަ ޤައުމަކުން ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. އެއީ އެތައް އެތުލީޓުންނާއި ސަޕޯޓަރުންނަށް ލިބުނު ބޮޑު ހިތްވަރެކެވެ.

އޭގެ ފަހުން ފުޓުބޯޅަ ވެގެންދިޔައީ ދިވެހިންގެ އައިޑެންޓިޓީގެ މުހިންމު ބަޔަކަށެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި ފުޓްސަލްގެ މަޤުބޫލުކަން އިތުރުވެ، ކުޅިވަރުގެ މާޙައުލަށް ބޮޑު ބަދަލެއް އައެވެ. ރާއްޖެއަށް ފުޓްސަލް ރަސްމީކޮށް ތަޢާރަފްވީ 2004 ހިސާބުގައި ކަމަށްވީ ނަމަވެސް، އެންމެ ފުރަތަމަ އެކަން ކުރިއަށްދިޔައީ ވަރަށް މަޑުމަޑުންނެވެ. އެހެންނަމަވެސް، 2024 ވަނަ އަހަރާ ހަމައަށް އައިއިރު، ފުޓްސަލްގެ މަޤުބޫލުކަން އިންތިހާއަށް އިތުރުވިއެވެ. ކުޅިވަރުގެ ހަލުވި ދުވެއްޔާއި، ފަސޭހައިން ކުޅެވޭ ގޮތަށް އޮތުމުން ޒުވާނުންގެ މެދުގައި މިއީ އެންމެ މަޤުބޫލު ކުޅިވަރަށް ވެގެންދިޔައެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ފުޓްސަލް ދަނޑުތައް ހެދި، އާދައިގެ ފުޓުބޯޅައަށްވުރެ ފުޓްސަލްގެ ފޯރި ގަދަވިއެވެ.

ރާއްޖޭގައި ފުޓްސަލް ކުރިއަރައިގެން ދިއުން

2024 ވަނަ އަހަރު، އެފް.އޭ.އެމް އިން ފުޓްސަލްއަކީ އިސްކަންދޭ ކުޅިވަރެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅައި، ވަސީލަތްތައް ޤާއިމުކުރުމާއި ތަމްރީނު ޕްރޮގްރާމްތަކަށް ބޮޑު ހޭދައެއް ކުރަން ފެށިއެވެ. މިއީ މި ކުޅިވަރު ހަމައެކަނި މުނިފޫހިފިލުވުމުގެ ބަދަލުގައި، ޕްރޮފެޝަނަލް ކުޅިވަރަކަށް ބަދަލުވެގެންދިޔަ މުހިންމު ދަނޑިވަޅެކެވެ. ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އިންޑޯ އެރީނާތައް ބިނާކޮށް، ސްކޫލްތަކާއި ކުލަބުތަކުގެ ކުޅިވަރު ޕްރޮގްރާމްތަކުގައި ފުޓްސަލް ހިމެނިއެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް ފުޓްސަލްއިން ކާމިޔާބީ ހޯދިދާނެކަމާމެދު ބައެއް ފަރާތްތަކުން ޝައްކު އުފެއްދި ނަމަވެސް، ކުޅުންތެރިންނާއި ކޯޗުން ތިބީ ސާބިތުކަމާއެކުގައެވެ. އެމީހުންގެ އަޒުމަކީ ސަރަޙައްދީ ފެންވަރުގައި ރާއްޖެއަށް އާ ރަސްކަމެއް ހޯދައިދިނުމެވެ.

ބަންގްލަދޭޝްވެސް ބަލިކޮށް، ރާއްޖެ ކުރިއަށްޖެހުނު މެޗުގައި ރާހިލްގެ ގޯލަށްފަހު އޭނާ އުފާފާޅުކުރަނީ — ފޮޓޯ/ އެފްއޭއެމް

2026 ގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ވީ ތައްޔާރީތައް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް 2026 ވަނަ އަހަރު ބޭއްވީ ސަރަޙައްދުގައި މި ކުޅިވަރު ކުރިއެރުވުމަށެވެ. ތައިލެންޑުގެ ނޮންތަބޫރީ ސްޓޭޑިއަމްގައި ބޭއްވި މި މުބާރާތުގައި ރާއްޖެ، އިންޑިއާ، ޕާކިސްތާން، ނޭޕާލް، ބޫޓާން، ބަންގްލަދޭޝް އަދި ސްރީލަންކާ ހިމެނޭހެން 7 ޤައުމު ބައިވެރިވިއެވެ. މުބާރާތް ކުރިއަށްދިޔައީ ލީގު އުޞޫލުން ކޮންމެ ޓީމެއް 6 މެޗު ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ތަށި ލިބޭ ގޮތަށެވެ.

ރާއްޖޭގެ ތައްޔާރީތައް ފެނުނީ ވަރަށް ފުރިހަމަކޮށެވެ. އުޒްބެކިސްތާނުގެ ކޯޗު ފަރުކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ޓީމަށް އައީ އާދަޔާޚިލާފު ބަދަލެކެވެ. އޭނާ ވަނީ ބައިނަލްއަޤުވާމީ ތަޖުރިބާއާއި، ޓެކްޓިކަލް ޑިސިޕްލިން އަދި ޒަމާނީ ތަމްރީނުތައް ޓީމަށް ތަޢާރަފްކޮށްދީފައެވެ. މީގެ އިތުރުން، ޗައިނާގައި ބޭއްވި އެއް މަސްދުވަހުގެ ތަމްރީނު ކޭމްޕަކީ ކުޅުންތެރިންގެ ހުނަރާއި ރޭވުންތެރިކަން ވަރުގަދަކުރުމަށް ލިބުނު ބޮޑު އެހީއެކެވެ.

މުބާރާތާއި ބަލިނުވެ ހޯދި ތާރީޚީ ކާމިޔާބީ

ތައިލެންޑުގެ ބެންކޮކުގައި 7 ޤައުމެއްގެ މެދުގައި ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖެއިން ތަށި އުފުލާލީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާއެކުގައެވެ. މި ކާމިޔާބީއާއެކު 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުން ވެގެންދިޔައީ މުޅި ޤައުމަށް ލިބުނު ފަޚުރަކަށެވެ. އާބާދީގެ ގޮތުން ކުޑަ ނަމަވެސް، ކުޅިވަރުގެ މައިދާނުގައި ބޮޑެތި ޤައުމުތައް ބަލިކޮށް ދިވެހިން މިވަނީ އަނެއްކާވެސް މުޅި ޤައުމު ފަޚުރުވެރިވާފަދަ ނަތީޖާއެއް ދައްކުވައިދީފައެވެ.

ބޮޑެތި ބާރުތަކުގެ މައްޗަށް ދިވެހިންގެ ކުރިހޯދުން

މުޅި މުބާރާތުގައިވެސް ރާއްޖެއިން ދެއްކީ ވަރުގަދަ ކުޅުމެކެވެ. ޕާކިސްތާން، ބަންގްލަދޭޝް އަދި އިންޑިއާ އަތުން ހޯދި ފުރިހަމަ މޮޅުތަކުން ރާއްޖޭގެ ފެންވަރު ސާބިތުކޮށްދިނެވެ. ކެޕްޓަން އިމްރާން މުޙައްމަދުގެ ހިތްވަރުގަދަ ލީޑަރޝިޕާއެކު، ޢަބްދުﷲ ޝާފިއު، ޒައިދާން އަޙްމަދު، އިބްރާހީމް ނާޖިޙް އަދި ޢަލީ ހައިޝަމް ފަދަ ކުޅުންތެރިންގެ ފަރާތުން ފެނުނީ އާދަޔާޚިލާފު މޮޅު ކުޅުމެކެވެ. މުބާރާތުގެ ފުރަތަމަ ޗެމްޕިއަންކަން ހޯދައި، ރާއްޖެއިން ވަނީ ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ފަދަ ކާމިޔާބީއެއް ހޯދާފައެވެ. މި ކާމިޔާބީއަކީ 2008 ވަނަ އަހަރުގެ ފުޓުބޯޅަ ކާމިޔާބީއަށްފަހު، ރާއްޖެއަށް ލިބުނު އެންމެ ބޮޑު އުފަލެވެ.

މި މުބާރާތުގައި ރާއްޖެއިން ދެއްކި ކުޅުމަކީ މުޅި ސަރަޙައްދު ހައިރާންކޮށްލި ކުޅުމެކެވެ. ކުޑަކުޑަ ރާއްޖެއިން ވަނީ ބޮޑު ޕާކިސްތާން 1-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި ސައުތު އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އިގްތިޞާދު އޮތް ބަންގްލަދޭޝްގެ މައްޗަށް 1-6 އިން ކުރިހޯދިއިރު، ސަރަޙައްދުގެ އެންމެ ބިޔަ ބާރު ކަމަށްވާ އިންޑިޔާ ވެސް ވަނީ 0-5 އިން ބަލިކޮށް ލަދުގަންނަވާލާފައެވެ.

ސަރަހައްދީ ފުޓްސަލް ޗެމްޕިއަންކަން ހޯދައި، ރާއްޖޭން އުފާފާޅުކުރަނީ — ފޮޓޯ/ ތައިލެންޑް ފުޓްސަލް

މީގެ އިތުރުން ނޭޕާލް 1-2 އިން ބަލިކޮށް، ފައިނަލުގައި ބޫޓާނުގެ މައްޗަށް ކުރިހޯދައި ރާއްޖެއިން ވަނީ ތާރީޚުގައި ރަން އަކުރުން ނަން ފަވާލާފައެވެ.

ރާއްޖެއިން ބޫޓާނުގެ މައްޗަށް ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ބޫޓާނުން ލީޑު ނެގި ނަމަވެސް، ދިވެހި ކުޅުންތެރިން ދެއްކި ހިތްވަރާއެކު އަބްދުﷲ ޖުނައިދު (ޖެންނޭ) ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެވަނަ ހާފުގައި އަހްމަދު ހަމީދު (އައްމަޑޭ) އާއި ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) ޖެހި ލަނޑުތަކާއެކު ރާއްޖެއިން ތަށި ކަށަވަރުކުރިއެވެ.

މި މުބާރާތުގައި ރާއްޖެއިން ދެއްކީ އާދަޔާޚިލާފު މޮޅު ކުޅުމެކެވެ. ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ރާއްޖެއިން ތަށި އުފުލާލީ ބާކީ އެއް މެޗު އޮއްވައެވެ. ތާވަލުގެ ދެވަނައިގައި އޮތް ޕާކިސްތާނާއި ތިންވަނައިގައި އޮތް ނޭޕާލަށް ވެސް ރާއްޖޭގެ ޕޮއިންޓާ އަރާ ހަމަނުކުރެވޭނެކަން ކަށަވަރުވުމާއެކު، މިއީ ފުޓްސަލްގައި ރާއްޖެއިން ހޯދި ބައިނަލްއަޤްވާމީ ފުރަތަމަ ރަން މެޑައްޔަށް ވެގެންދިޔައެވެ.

މި ކާމިޔާބީއާއެކު މުޅި ރާއްޖޭގައި އުފާވެރިކަން ފެތުރިގެން ދިޔައެވެ. މާލެއިން ފެށިގެން އެންމެ ކުދި ރަށްތަކާ ހަމައަށް ރައްޔިތުން ތިބީ ފަޚުރުވެރިކަމާއެކު އެއްގަލަކަށް އަރައެވެ. މިއީ 2004 ވަނަ އަހަރު ދިވެހިރާއްޖޭގައި ދިވެހިން ދެކުނު ހުވަފެނެއް 2026 ވަނަ އަހަރު ތައިލެންޑުގައި ޙަޤީޤަތަކަށްވުމެވެ.

މި ކާމިޔާބީގެ ފަހަތުގައި އޮތީ ރަނގަޅު ތައްޔާރުވުމާއި ހަރުދަނާ ރޭވުންތެރިކަމެވެ. އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗު ފާރޫކް ޒަކިރޯވްގެ އިރުޝާދުގެ ދަށުން ޓީމަށް އައި ބަދަލުތަކާއި، ޗައިނާގައި ކުރިއަށްދިޔަ ތަމްރީނު ކޭމްޕުގެ ސަބަބުން ކުޅުންތެރިންގެ ފެންވަރު ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. ޚާއްޞަކޮށް އިންޑޯ ޕިޗެއްގައި ފަރިތަކުރުންތައް ކުރިއަށް ގެންދަން ލިބުނު ފުރުސަތަކީ މި ކާމިޔާބީ ހޯދުމަށް މަގުފަހިވެގެންދިޔަ މުހިންމު ސަބަބެކެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ފުޓްސަލް ޓީމު.

ބަޠަލުންނަށް ޝުކުރާއި މަރުޙަބާ

މި ތާރީޚީ ކާމިޔާބީ ހޯދައިދިން ހުރިހާ ފަރާތްތަކަށް ޝުކުރު ޙައްޤެވެ. ފުރުސަތުތައް ފަހިކޮށްދިން ސަރުކާރަށާއި، ފުޓްސަލް އެސޯސިއޭޝަނާއި ކޯޗިން ޓީމަށް ދިވެހިންގެ ނަމުގައި ޝުކުރު އަދާކުރަމެވެ. އެންމެ ޚާއްޞަ ޝުކުރެއް އޮތީ މައިދާނުގައި ހިތްވަރުގަދަ ކުޅުމެއް ދެއްކި ކުޅުންތެރިންނަށެވެ. ކެޕްޓަން އިމްރާން މުޙައްމަދާއި، އަބްދުﷲ ޝާފިއުއާއި، ޒައިދާން އަޙްމަދާއި، އިބްރާޙީމް ނާޖިހުގެ އިތުރުން މުޅި ޓީމުގެ ހުރިހާ ކުޅުންތެރިންނަކީ މިއަދު ޤައުމީ ބަޠަލުންނެވެ.

މި ކާމިޔާބީއަކީ ހަމައެކަނި ތަށްޓެއް ނޫނެވެ. މިއީ ދިވެހިންގެ ކެތްތެރިކަމާއި، ދުރުވިސްނުމާއި، ކުޅިވަރުގެ މައިދާނުގައި ކުރިއަށް ދިއުމަށް އޮތް ވަރުގަދަ އަޒުމުގެ ހެތްކެކެވެ. މިއީ ކުރިމަގުގައި ބައިނަލްއަޤުވާމީ މައިދާނުގައި އިތުރު ކާމިޔާބީތައް ހޯދުމަށް ކޮށުނު މަގެކެވެ. 2026 ވަނަ އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ދިވެހިރާއްޖެއިން ކާމިޔާބުކުރުން ވެގެންދާނީ ރާއްޖޭގެ ކުޅިވަރު ތާރީޚުގެ ރަން ބާބަކަށެވެ. އެއީ އެތައް އަހަރެއްގެ ޤުރުބާނީއާއި، ޤައުމީ ލޯތްބާއި، ކުޑަ ޤައުމަކަށްވެސް ބޮޑެތި ކަންކަން ޙާޞިލްކުރެވިދާނެކަމުގެ ދިރިހުރި މިސާލެކެވެ. މި ކާމިޔާބީއާއެކު، ދިވެހި ފުޓްސަލް ވަނީ އާ އުސްމިންތަކަކަށް ވާޞިލްވެ، އަންނަން އޮތް ޖީލުތަކަށް އުއްމީދާއި ހިތްވަރު އާކޮށްދީފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment