ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު އިންޑިއާ ސިފައިން ގައުމުން ބޭރު ނުކުރެވި، އަމިއްލައަށް ވެރިކަމުން ބޭރުވެވުނީމަ ދެން އިންޑިއާ ސިފައިން ބޭރުކުރަން މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
ސަނީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަމިއްލަ ވެރިކަމުގައި ނުވި އައުޓެއް، އަމިއްލައަށް އައުޓުވީމަ ދެން އެކަން ކުރަން ދަތިވާނެ ކަމަށާއި، ޔާމީނަކީ ރައީސް ކަން ކުރައްވާފަ ހުރި ބޭފުޅެއްވީމަ ތަންކޮޅެއް ހަމަޖެހޭނެ ގޮތަކަށް އުޅެން ޖެހޭ ކަމަށެވެ.
ސަނީފްގެ އިތުރުން އެމްޑީޕީ ގިނަ މެމްބަރުންތަކެއް މިކަމާ ގުޅިގެން ދަނީ ރައީސް ޔާމީނަށާއި، އިދިކޮޅަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން މިއަދު ރައީސް ނަޝީދު ވެސް ވަނީ މިކަމާ ގުޅިގެން، އިންޑިއާ އައުޓް ކުރަން ނުގޮވޭނެ ކަމަށް ވިދާޅުވެފައެެވެ.
މަޖިލިސްގެ އެމްޑީޕީ މެމްބަރުންނާއި، އެމްޑީޕީއަށް ތާއީދު ކުރައްވާ ގިނަ ބަޔަކު ދަނީ އިދިކޮޅުން އިންޑިއާ ސިފައިން ރާއްޖޭގައި ތިއްބަވާތީ އެކަމާ ދެކޮޅަށް އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ކެމްޕެއިން ހަރަކާތްތަކެއް ހިންގަމުންދާތީ އެކަމާ ފާޑުވިދާޅުވަމުންނެވެ.
އިދިކޮޅުން ގެންދަނީ މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުގައިވެސް އިންޑިއާ އައުޓް ކެމްޕެއިންގެ ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން އިދިކޮޅު ލީޑަރު ރައީސް ޔާމީން މިނިވަންވެވަޑައިގެންނެވުމާއެކު އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އަތޮޅުތަކަށް ދަތުރު ފަށާފައެވެ.
ސާބަހޭ ސަންނާ ????????????????