ޚަބަރު
އަންނަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ޕްރިންސިޕަލުން ހަމަޖެހޭނެ: އެޑިއުކޭޝަން މިނިސްޓަރ

އަންނަ އަހަރު އޭޕްރީލްމަހު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޕްރިންސިޕްލުން ހަމަޖެހިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ފްރިންސިޕަލުން ތަމްރީނުކުރުމުގެ ސްކޮލަrޝިޕް އިފްތިތާޙުކުރުމަށް ރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ފްރިންސިޕަލުންގެ ސްކޮލާޝިޕް ސްކީމްގެ ދަށުން އަންނަ އަހަރުގެ އޭޕްރީލް މަހު ދާއިމީ ޕްރިންސިޕަލުން ނެތް ސްކޫލުތަކަށާއި، ބިދޭސީ ޕްރިންސިޕަލުން ތިބި ސްކޫލުތަކަށް ތަޢުލީމީ ދިވެހި ޕްރިންސިޕަލުން ހަމަޖެހޭނެކަމަށެވެ.

މިނިސްޓަރ ފާހަނގަ ކުރެއްވި ގޮތުގައި ރާއްޖޭގައި ތައުލީމީ ޕްރިންސިޕަލުން ހޯދަން އުދަގޫ ކަމަކަށް ވަނީ ޕްރިންސިޕަލުން ތަމްރީނުކުރުމަށް ދެމެހެއްޓެނިވި އަދި ރޭވުންތެރި ގޮތެއްގައި މަސައްކަތް ކުރެވިފައި ނުވާތީއެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުންނަކީ އެތަކެއް ޒިންމާއެއް އެމީހުންގެ ބޮލުގައި އަޅުވައިގެން ތިބޭ އެތައް ބައެއްގެ ލޯތައް އަމާޒުވެފައިވާ ބައެއްކަން ހާމަކުރަމުން މިނިސްޓަރ ވިދާޅުވީ ނާޒިރުންގެ ހަގީގީ ތައުލީމާ ތަރުބިއްޔަތު ފެށޭނީ ސްކޫލަކާ ހަވާލުވުމުން ކަމަށެވެ. އެގޮތުން ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނާ އޮންނަ ގުޅުންތައް ދަމަހައްޓާ ގާއިމްކޮށް އެތައް ގޮންޖެހުމާއި ކުރިމަތިލާން އެމީހުން ޖެހެއެވެ.

ޕްރިންސިޕަލެއްގެ ވަޒީފާއަކީ ހަމައެކަނި ތަޢުލީމުން ކާމިޔާބު ކުރެވޭނެ ވަޒީފާއެއް ނޫންކަމަށާއި ހިކުމަތްތެރި ނިންމުންތައް ނިންމާ، ބަދަހި ގުޅުމެއް ޤާއިމްކޮށް ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލެއް ގެނައުމަކީ ވެސް ޕްރިންސިޕަލެއްގެ ޒިންމާކަމުގައި އައިޝަތު އަލީ ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!