މިއަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ ގަޑިތައް އާންމުކޮށްފިއެވެ.
ފެމިލީ ކޯޓުން ވަނީ އެ ކޯޓުން މި އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އިއުލާންކޮށްފައެވެ.
އެގޮތުން ކޯޓުގައި ކައިވެނި ކުރާނަމަ ރަސްމީގަޑިތަކުގައި ކޮށްދޭނީ ހެނދުނު 09:30 އިން 12:30 އަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އަދި ނުރަސްމީ ގަޑީގައިނަމަ ކޮށްދޭނީ ރޭގަނޑު 21:30 އިން 23:00 އާ ދެމެދު ކަމަށް އިއުލާނުގައި ވެއެވެ މީގެ އިތުރުން ކޯޓުން ބޭރުގައި ކުރާނަމަ ކައިވެނި ކޮށްދެވޭނީ ރޭގަނޑު 21:30 އިން 23:00 އަށް ކަމުގައިވެސް އިއުލާނުގައި ބުނެފައިވެއެވެ.