ޚަބަރު
ޖީން ސީކުއެންސް މިހާރު ރާއްޖެއިންވެސް ހެދޭނެ

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް ހަދިޔާކުރި ޖީން ސީކުއެންސް މެޝިން ބޭނުންކޮށްގެން މިހާރު ރާއްޖެއިންވެސް ޖީން ސީކުއެންސް ހެދޭނެއެވެ.

ކޮވިޑް-19ގެ ތަފާތު ވޭރިއެންޓްތައް ދެނެގަތުމަށްޓަކައި ޖީން ސީކުނއެންސް މީގެ ކުރިން ރާއްޖެއިން ހަދަމުންދަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެންނެވެ. ވަސީލަތްތައް ނެތުމާއި ގުޅިގެން ރާއްޖެއިން ބޭރަށް ފޮނުވައިގެން ޖީން ސީކުއެންސް ހެދުމަށް ބޮޑު ޚަރަދުކޮށް އެކަމަށް ގިނަ ވަގުތު ހޭދަވެގެންދެއެވެ.

ޑަބްލިޔުއެޗްއޯއިން ހަދިޔާކުރި ޖީން މެޝިންގެ ސަބަބުން އެކަމަށް ހޭދަވާ ވަގުތާއި ޚަރަދު ކުޑަވެގެންދާނެ ކަމަށް ޑަބްލިއު.އެޗް.އޯއިން ވިދާޅުވެއެވެ. މިމެޝިނަކީ ކޯވިޑް-19 ފެތުރޭ މިންވަރު ބެލުމާއި، ވައިރަސްގެ ހަރަކާތްތަކާއި، އެއަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ވަސީލަތެއް ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.
ޑަބްލިއު.އެޗް.އޯއިން ހަދިޔާކުރި މި ޖީން ސީކުއެންސް މެޝިނާއި ރާއްޖޭން ޙަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމެވެ.

ކޯވިޑްގެ އިތުރުން އިންފްލުއެންޒާ، ހިމަބިހި ފަދަ ނުރައްކާތެރި އެހެން ބަލިތައް މުޖުތަމައުގެ ތެރޭގައި ފެތުރުން ހުއްޓުވާ ކޮންޓްރޯލް ކުރުމަށް މިމެޝިން އެހީތެރިވެދޭނެކަމަށްވެސް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ވިދާޅުވެއެވެ.
ކޯވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލިނަމަވެސް، އެޗްޕީއޭއިން އަންގަނީ ރާއްޖޭގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކަށްބަލާ، ފިޔަވަޅުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާނެކަމަށެވެ. އަދި ފިޔަވަޅުތައް އުވާލިކަމުގައިވިޔަސް ފަރުދީ ޒިންމާ އަދާކޮށް ކޯވިޑުން ސަލާމަތް ވުމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!