ފެންޑާ
ގާތްކަމުން ދައުވަތު ދިނަސް ކިޔަނީ ފާޑު

މިއަދަކީ ރޯދަމަހުގެ 5 ވަނަ ދުވަސް ކަމުން އާދައިގެ މަތިން ސުފުރާމަތި ފުރާލަމުން ދިޔައީ އެކި ބާވަތުގެ ކާތަކެއްޗެވެ. އެކި ބާވަތުގެ ހެދިކާގެ އިތުރުން ޕިއްޒާ އާއި ފިހުނު ކުކުޅާއި ފަރާޓާ އަދި ބަޓަރ ޗިކަން ހިމެނެއެވެ. އިރުއޮއްސެމުން ދިޔަ ވަރަކަށް ރޯދަ ވަރުބަލިކަން އިހުސާސްވަމުން ދިޔައެވެ. އެހެންނަމަވެސް އިރުއޮއްސުމަށް ވަގުތު ކުޑަތަންވާތީވެ އަތްމަތި އަވަސްކޮށް ތަށިމަތި ތައްޔާރު ކުރަމުން ދިޔައީމެވެ.

އަހަރެންގެ އޮފީސް ކުދިންނާއި އެކުވެރިންނަށް ރޯއްދަވީއްލުމަށް ދަޢުވަތު ދެވިފައިވާތީއެވެ. އެންމެން އެކުގައި ބައްދަލުވެ އެއްސުފުރާއަކުން ރޯދަ ވީއްލުމަށް ފުރުސަތު ލިބިގެން ދިޔުމަކީ ލިބޭ އެންމެ ބޮޑު އުފާ ކަމަށްވާތީއެވެ.

އިރުކޮޅެއްނުވެ އެންމެން އައިސް ހަމަވެއްޖެއެވެ. ފަހަރަކު މީހަކު އައިސް ސުފުރާމަތި ބަލަމުން އެކަކު އަނެކަކަށް ވާހަކަ ދައްކަމުން ދިޔައެވެ. ބައެއް މީހުން ވާހަކަ ދެއްކީ އަހަންނަށް އަޑުއިވޭ ވަރަށް ބާރަށެވެ.

“ޔަޤީން ކޮންމެވެސް ތާކުން އޯޑަރުކޮށްފަ އެހެރީ. އޭނަ އަމިއްލައަށް ކިހިނެއް އެހުރިހާ ބާވަތެއް ތައްޔާރުކުރާނީ.”

“އާ! އަހަންނަށްވެސް ތިހެން ހީވޭ. އޭނަ އަމިއްލައަށް ހަދާފަ ހުރި އެއްޗެއް ނަމަ ތީތި ކެވޭނެހެނެއް ހިޔެއްނުވޭ. އެކަމަކު ބަލާބެލުމަށް ވަރަށް މީރުވާނެހެން ހީވޭ”

އެވާހަކަތައް އަހަންނަށް އަޑުނީވޭ ކަމަށް ހަދާފައި އަހަރެން އުޅުނީ ތައްޓަށް ޖޫސް އަޅާށެވެ. އަހަރެންގެ ރައްޓެހިންގެ ތެރެއިން އެކަކު އައިސް އަހަންނަށް ވަރަށް ތައުރީފް ކުރިއެވެ. އަހަރެންގެ ހީވާގިކަން ފާހަނގަކޮށް ރޯދަވީއްލަން ދައުވަތު ދިނީތީ ޝުކުރު އަދާކުރިއެވެ.

ބަންގި ގޮވުމުން އެންމެން ރޯއްދަވީއްލުން ފެށުމާއެކު ފަހަރަކު މީހަކު ދިޔައީ ރަހަބަލާ ކޮންމެ އެއްޗަކަށް ފާޑު ކިޔަމުންނެވެ.

“އަޅެ ޕުޑީން އެޅިނަމަ ވަރަށް ފުރިހަމަވީސް. ހަވާދުލިބިސް ތަންކޮޅެއް ލޮނުގަދައީ އެހެންނޫނީ ވަރަށް މީރު” އެކަކު ބުނެލިއެވެ.
“އެނގޭތަ މަށަށް ވަރަށް ނުބައި ކުޅި މަޑުކޮށް ރިހަ ކެއްކީމަ. ބަޓަރ ޗިކަން މީރުވާނީ ކުޅިވީމަ” އަނެކަކު ބުނެލިއެވެ.

“މިކުކުޅު ރަނގަޅަށް ރޯނުފިލާ މިއޮތީ. ނުކެވޭނެ” މިފަހަރު އަހަރެންގެ ހިތުގައި ޖެހުނެވެ. އަހަރެންގެ ރައްޓެއްސަކު އޮފީސްކުދިންގެ ކުރިމަތީގައި ކެއުމަށް ފާޑު ކީމައެވެ.

އެހެންނަމަވެސް އެއްވެސް ރުޅިވެރިކަމެއް ނެތި އަހަރެން އެންމެނާ ވާހަކަދެއްކީމެވެ. އަދި އަހަރެން އަވަސް ކުރަން ހަދައިގެން ވީކަމެއް ކަމަށް ބުނަމުން ދިޔައީމެވެ.

އެކަމަކު މި ޕިއްޒާ ހާދަ ޗީޒްމަދޭ…ޗީޒް ގިނަ ވެފައި ފުއްޕީމަ ޕިއްޒާ މީރުވާނީ..

ޕްލާސްޓިކް ތައްޓަށް މީހުން ހެދިކާ އަޅާތަ.. ފަނި ބޯންވެސް އެގެންގުޅެނީ ޖޯޑު… އެކަކު އަނެކަކަށް މަޑުމަޑުން ކިޔާލިއެވެ.

އަހަރެންގެ މޫނުމަތިން ހިނިތުންވުން ދެއްކިޔެއްކަމަކު އެއިން ކޮންމެ ޖުމްލައެއްވީ އަހަރެންގެ ހިތަށް ހެރުނު ތީރުތަކަކަށެވެ. އަހަރެންގެ ގޭގައި ކުޑަކުދިން އުޅޭތީ އަހަރެން އެހާގިނައިން ބިއްލޫރި އެއްޗެހި ނުގެންގުޅެމެވެ. އަދި މެދު ފަންތީގެ ދިރިއުޅުމެއް އުޅޭތީ އަހަރެންގެ ގޭގައި ހުރިހާ ތައްޓެއް ސެރެމިކް ބިއްލޫރިން ނުހުންނާނެތާއެވެ.

ލޯބިވާ އެންމެންގެ ހުރިހާ ފާޑު ކިޔުމެއްވެސް ހިނިތުންވުމާއެކު ބަލައިގަތީމެވެ. ހިތްބުރައެއްވެސް ނުކުރަމެވެ. އެހެންނަމަވެސް އެވަގުތު އަހަންނަށް އިހުސާސްވީ އަހަރެންގެ ނިކަމެތިކަމާއި އެމީހުންގެ ފުދުންތެރިކަމެވެ.

ވަރަށްލޯބިން ދޭ ދަޢުވަތު ނިންމާފައި ދަމުން ކާތަކެތި މީރޭ ބުނިނަމަވެސް އެތަކެތި ތައްޔާރުކުރުމުގައި އިހުސާސްކުރެވުނު ވަރުބަލިކަންވެސް ފިލައިދިޔައީސްކަން ކަށަވަރެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!