ކުޑަ ދެކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އުމުރުން 19 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އުތުރުގެ އަތޮޅެއްގައި އުމުރުން 13 އަހަރުގެ އަންހެންކުއްޖަކާއި އުމުރުން 11 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ މާރޗްމަހު 27 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށާއި މިމައްސަލައިގައި އުމުރުން 19 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެމީހާއާއި ބެހޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައިނުވެއެވެ.
ދެއަންހެންކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ. އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.