ޚަބަރު
ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާއި މުވައްޒަފުންގެ ރޯދަ ވީއްލުން މިއަދު ސްކޫލުގެ ހިތްގައިމު މާހައުލުން

ގދ. ތިނަދޫގައި ހިންގަމުން އަންނަ ޘާނަވީ އަދި މަތީ ޘާނަވީ ސްކޫލެއްކަމުގައިވާ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާއި މުވައްޒަފުންގެ ރޯދަ ވީއްލުން މިއަދު ކުރިޔަށް ގެންގޮސްފައިވަނީ ސްކޫލްގެ ހިތްގައިމު މާހައުލުންނެވެ.

ދަރިވަރުންނާއި މުވައްޒަފުން އެކުގައި ރޯދަވީއްލުމަށް މިފަދަ ގޮތަކަށް އެއް މާޙައުލަކުން ބައްދަލުވެގެން ދިޔުމުން ދަރިވަރުންނާއި މުދައްރިސުންގެ މޫނުމަތިން ފެނިގެން ގޮސްފައިވަނީ، އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ރޯދަވިއްލުމުގެ ސުފުރާ ތައްޔާރު ކުރެވިފައިވަނީ، އެ ސްކޫލުގެ ކޮމްޕައުންޑް ތެރޭގައެވެ. ރޯދަ ވީއްލުމުގެ ސުފުރާ ތައްޔާރުކުރެވިފައި ވަނީ ދެ ޖިންސުގެ ދަރިވަރުންނަށް ވަކިންނެވެ.

ފޮޓޯ: ގދ. އަތޮޅު ތަޢުލީމީ މަރުކަޒު

ފޮޓޯ: ގދ. އަތޮޅު ތަޢުލީމީ މަރުކަޒު

ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްސަ ކޮށްގެން ހިންގޭ މިފަދަ ތަފާތު އެކި ހަރަކާތްތަކުގައި، ތިނަދޫގެ ވިޔަފާރި ކުންފުނިތަކާއި، ވިޔަފާރިވެރިންގެ ދީލަތި އެހީތެރިކަން އަބަދުވެސް ލިބޭ ކަމުގައި ގދ. އަތޮޅު ތަޢުލީމީ މަރުކަޒުން މަޢުލޫމާތު ދެއެވެ. ގދ. އަތޮޅު ތަޢުލީމީ މަރުކަޒާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، އެ ސްކޫލްގެ ލީޑިންގް ޓީޗަރ އަހްމަދު އަޝްރަފް ހޫވަދޫ މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ދަރިވަރުންނާއި މުދައްރިސުން ގުޅިގެން ކުރިޔަށް ގެންދެވުނު މިޚާއްސަ ރޯދަ ވީއްލުމަށް ފެން ހަދިޔާކޮށްފައިވަނީ ތިނަދޫގައި ޤާއިމްވެފައިވާ، ފެންތައްޔާރުކުރާ ފެން ކުންފުންޏެއް ކަމުގައި އެވިއާ ކުންފުނިން ކަމުގައެވެ. އަދި ފެން ފިނިކުރުމުގެ އެހީތެރިކަން ތިނަދޫ އައިސް ޕްލާންޓުން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްފައިވެއެވެ.

ފޮޓޯ: ގދ. އަތޮޅު ތަޢުލީމީ މަރުކަޒު

ރޯދަވީއްލާ ވަގުތަކީ ދުޢާ އިޖާބަކުރެވޭ ވަގުތުކޮޅަކަށް ވުމާއިއެކު، ދަރިވަރުންނާއި މުދައްރިސުން އެކުގައި ރޯދަ ވީއްލުމުގެ ކުރިން ޚާއްސަ ދުޢާއެއް ކުރިޔަށް ގެންދެވިފައި ވެއެވެ. މަޣުރިބް ނަމާދުގެ ބަންގިޔަށް މުދައްރިސުންނާއި ދަރިވަރުން ރޯދަވީއްލުމަށްފަހު ދެންވެސް ފެނިގެން ގޮސްފައި ވަނީ ވަރަށްވެސް އުފާވެރި މަންޒަރަކެވެ. ހުރިހާ ފިރިހެން މުސްލިމު މުދައްރިސުންނާއި ފިރިހެން ދަރިވަރުން މަގުމަތީގައި ސަފު ހަދާލައިގެން ނަމާދަށް މިސްކިތަށް ދިޔަ މަންޒަރެވެ. ހަމަ މިވަގުތު ދިވެހި ނަސްލުގެ ހުރިހާ އަންހެން މުދައްރިސުން، ސްކޫލްގެ މިސްކިތަށް އަންހެން ދަރިވަރުންނާއިއެކު ގޮސްފައިވެއެވެ. މިއީ ދަރިވަރުންނާއި މުދައްރިސުންގެ ފަރާތުން ފެނިގެންދިޔަ ވަރަށްވެސް އުފާވެރި މަންޒަރަކަށް ވެގެން ދިޔައެވެ.

ފޮޓޯ: ގދ. އަތޮޅު ތަޢުލީމީ މަރުކަޒު

ނަމާދުން ފައިބައިގެން ރޯދަ ވީއްލުމަށް ތައްޔާރުކުރެވުނު ސުފުރާއަށް ދެވަނަ ފަހަރަށް އިންސާފުކުރުން ކުރިޔަށް ގެންދެވިފައި ވެއެވެ. އަދި އެއަށްފަހު މިޚާއްސަ އިފްތާރުގައި، ރަމަޟާން މަހުގެ ފަހުދިހައިގެ މާތްކަމާއި ގުޅޭގޮތުން ސްކޫލްގެ އަރަބި ޓީޗަރ ރާމިޒް އަބޫބަކުރު، ދަރިވަރުންނަށް ނަސޭހަތްތެރިވެފައި ވެއެވެ.

ފޮޓޯ: ގދ. އަތޮޅު ތަޢުލީމީ މަރުކަޒު

ދަރިވަރުންނާއި މުދައްރިސުންގެ އެކުގައި މިފަދަ ގޮތަކަށް ރޯދަވީއްލުމަކުން ބައްދަލުވުމުން ދަރިވަރުންނާއި މުދައްރިސުންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ، ހިނިތުންވުމާއި އުފާވެރިކަމެވެ. ސްކޫލްގެ ހުރިހާ ދަރިވަރުންނަށް މިފަދަ ރޯދަވީއްލުމެއް އިންތިޒާމްކުރުމަކީ ފަސޭހަކަމަކަށް ނުވިނަމަވެސް، ދަރިވަރުންނާއި މުދައްރިސުންގެ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން، މުދައްރިސުންނާއި، ދަރިވަރުންގެ ގުޅުން ރަނގަޅުވެ، ކިޔެވުމަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި ޖެހިގެންދާނެކަމީ ޝައްކެއްވެސް ނެތްކަމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!