ޚަބަރު
ޖަމިއްޔާއާ ބެހޭ ގޮތުން ދައްކަނީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް: ހަވަރު ސްޕޯޓްސް

ހަވަރު ސްޕޯޓްސް އާ ބެހޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ފަތުރަމުންދާތީ އެޖަމިއްޔާއިން ނޫސްބަޔާނެއް ނެރެފިއެވެ.

އިއްޔެ ނެރެފައިވާ ނޫސް ބަޔާންގައި ބުނެފައިވަނީ އެޖަމިއްޔާގެ ފަރާތުން ހޭންޑްބޯލް ދަނޑެއް ހެދުމަށް ގދ.ތިނަދޫ ކައުންސިލަށް 14 ޖެނުއަރީ 2021 ގައި ފޮނުވާފައިވާ ސިޓީ އާއި ބެހޭގޮތުން އެކި ފަރާތްތަކުން ސޯޝަލް މީޑިޔާގައި ސާބިތު ނުހިފޭ ދޮގު މައުލޫމާތުތައް ފަތުރަމުންދާ ކަން ޖަމިއްޔާއަށް ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން ހޭންޑްބޯލް ދަނޑަށް އެކަށީގެންނުވާ ވަރުގެ ބިމަކަށް މިޖަމިއްޔާއިން އެދިފައިވާ ކަމަށެވެ. އަދި ވަކި ސަރަހައްދަކުން ވަކި ބިމެއް އަންހެނުންނަށް އެކަނި ހާއްސަކޮށްގެން މިޖަމިއްޔާއިން ބޭނުންވެގެން އުޅޭކަމަށް ބައެއް ފަރާތްތަކުން ދަނީ ހާމަކުރަމުންކަމަށެވެ.

ހަވަރު ސްޕޯޓްސްއިން ނެރުނު ބަޔާނުގައިވާ ގޮތުން ތިނަދޫގެ ހުރިހާ ރައްޔިތުންނަށް މިކަމުގެ ހަޤީގަތް އެނގިފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި ޖަމިއްޔާގެ ފަރާތުން ދެކޭތީ ޖަމިއްޔާގެ ފަރާތުން ހޭންޑްބޯލް ބިމަކަށް އެދުނު ސިޓީ އެންމެނަށް ފެންނާނެހެން ވަނީ ހާމަކޮށްފައެވެ.

ކުރިޔަށް އޮތްތާނގައިވެސް ތިނަދޫގެ ޒުވާނުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް އެޖަމިއްޔާގެ ފަރާތުން ފަސްނުޖެހޭނެކަން ހަވަރު ސްޕޯޓްސްއިން ވަނީ ބުނެފައެވެ.

ހަވަރު ސްޕޯޓްސްއިން ތިނަދޫ ކައުނަސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހަވަރު ސްޕޯޓްސްއިން ތިނަދޫގައި ޒަމާނީ ފެންވަރުގެ ހޭންޑްބޯލް ދަނޑެއް އެޅުމަށް ބޭނުންވާތީ ހަމަޖެހިފައިވާ އުސޫލްތަކުގެ ދަށުން ދަނޑެއް އެޅުމަށް ބިމެއް އެޖަމިއްޔާއަށް ލިބޭނެގޮތް ހައްދަވައިދެއްވުން އެދޭކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!