ޚަބަރު
ޖޭއެސްސީ އަށް ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް އިންތިޚާބުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންނަވާނެ ފަނޑިޔާރަކު ހޮވަން ބޭއްވި އިންތިޚާބު ފަނޑިޔާރު މުހައްމަދު ނިޔާޒް ކާމިޔާބު ކޮށްފިއެވެ.

ހައިކޯޓުން ކުރި ޓުވީޓެއްގައި ވިދާޅުވީ، ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ފަނޑިޔާރު ނިޔާޒް މިރޭ އިންތިޚާބުކޮށްފި ކަމަށެވެ. އެހެން ނަމަވެސް އެ އިންތިޚާބުގައި ނިޔާޒުގެ އިތުރުން ދެން ވާދަކޮށްފައިވަނީ ކޮން ބޭފުޅުންނެއް ކަމެއް އެކޯޓުން ހާމަކޮށްފައެއް ނުވެއެެވެ.

ފަނޑިޔާރު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ފަނޑިޔާރު ނިޔާޒް މީގެ ކުރިން ވަނީ، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުވެސް ވަނީ އަދާކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!