ޚަބަރު
ސިވިލް ކޯޓުގެ އިސް ޤާޒީއަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން ހާމަކުރި ގޮތުގައި ސިވިލް ކޯޓުގެ ގަޒިއްޔާއިން ބަލާ މައްސަލައަށް ހާޒިރުވުމަށްޓަކައި އަމުރު ލިބުނުއިރު، މެޖިސްޓްރޭޓް ކޯޓަކުން ބައްލަވާ މައްސަލައާ ގުޅިގެން ހަމަ އެ ފަރާތަށް، އެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބިފައިވާތީ، ފަހުގެ ތާރީހަކަށް ސިވިލްކޯޓުގެ މައްސަލަ ހަމަޖައްސައިދިނުން އެދި ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ސިވިލް ކޯޓުގެ ގަޒިއްޔާ ވަނީ ބާތިލު ކޮށްފައެވެ.

ހަމައެއާއެކު ސިވިލް ކޯޓުގެ އިސްގާޒީ އެމައްސަލައިގައި އަމަލުކޮށްފައި ވަނީ އަދުލު އިންސާފް ގާއިމްކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ ގޮތެއްގެ މަތިން އަދި ފަނޑިޔާރުގެ ވާޖިބު އަދާކުރުމުގައި ތައައްސުބެއް އޮތްކަން ފެންނާން އޮތް، އަދި ފަނޑިޔާރުގެ އަދުލުވެރި ކަމާމެދު ސުވާލު އުފެދިދާ ގޮތުގެ މަތިންކަން އިސްގާޒީގެ ބަހުންނާއި ލިޔެކިޔުންތަކުން މައްސަލައިގެ ތަހުގީގަށް ސާބިތުވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އެހެންކަމުން ސިވިލް ކޯޓުގެ އިސްގާޒީ އަށް ސުލޫކީ ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތްތެރިވެ އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ވަނީ ނިންމާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!