އެއް އާއިލާގެ ހަކުދިންނަށް ޖިންސީ ގޯނާކުރި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މާލޭގައި އެއް އާއިލާއެއްގެ ހަކުދިންނަށް ޖިންސީ ގޯނާކުރި މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އެ ފިރިހެން މީހާގެ ބަންދުގެ މުއްދަތު 30 ދުވަހަށް ޖަހައިފައިވާ ކަމަށެވެ.
މިމައްސަލައިގައި ހައްޔަރުކުރެވިފައިވަނީ އިތުބާރު ހިފޭ މަޤާމެއްގައި ހުރި 55 އަހަރުގެ ދިވެހި ފިރިހެނެކެވެ. މައުލޫމާތތު ލިބުނުގޮތުގައި މިމައްސަލަ ފެންމަތިވެގެން އައީ މިދިޔަ މާރޗްމަހުގައެވެ. އަދި އެމީހާ ހައްޔަރުކުރެވުނީ މިދިޔަ އޭޕްރީލަ މަހުގައެވެ.