ކުޅިވަރު
އާސެނަލް ބަލިވުމުން ބާކީ ދެމެޗު އޮއްވާ ޗެލްސީއަށް ޗެމްޕިއަންސް ލީގު ޖާގައެއް ކަށަވަރުވެއްޖެ

ނިއުކާސަލް ޔުނައިޓެޑް އަތުން އާސެނަލް ބަލިވުމުން ޔޫރަޕްގެ ޗެންޕިއަން ޗެލްސީއަށް ލީގުގައި ބާކީ ދެމެޗު އޮއްވާ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުވެއްޖެއެވެ.

ރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ނިއުކާސަލް ޔުނައިޓެޑް އަތުން އާސެނަލް ވަނީ 2-0 އިން ބަލިވެފައެވެ. އެހެންކަމުން ޗެލްސީއަށް މިވަނީ ގަދަ ހަތަރެއް ޔަގީންވެފައެވެ. ޗެލްސީ ތިން ވަނައިގައި އޮތީ 36 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ ނިއުކާސަލް އިން މެޗު ޑޮމިނޭޓްކުރި އިރު އާސެނަލްގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވާދަވެރި ޓޮޓެންހަމް އަތުން 3-0 ގެ ނަތީއްޖާއަކުން އެޓީމު ބަލިވެފައިވާތީ ރޭގެ މެޗަކީ އެ ޓީމަށް ކޮންމެހެން ވެސް މޮޅުވުން މަޖުބޫރު މެޗެކެވެ.

މެޗުގައި ނިއުކާސަލްގެ ދެ ލަނޑު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ. ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓްގައި އެޓީމުން ލީޑް ނެގީ އާސަނަލްގެ އިގިރޭސި ޑިފެންޑަރު ބެންޖަމިން ވައިޓް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އެޓީމުގެ ދެވަނަ ލަނޑަށްފަހު ހާފުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބުރެޒިލްގެ މިޑްފީލްޑަރު ބުރޫނޯ ގިމަރޭސް އެވެ.

ލީގުގައި އާސެނަލް އަދި ޓޮޓެންހަމް ވެސް 37 މެޗު ކުޅެފައިވާއިރު 68 ޕޮއިންޓާއި އެކު ލީގުތާވަލުގެ ހަތަރުވަނާގައި މިވަގުތު އޮތީ ޓޮޓެންހަމް އެވެ. 66 ޕޮއިންޓާއި އެކު އާސެނަލް މިވަގުތު އޮތީ ފަސް ވަނާގައެވެ.

އާސެނަލް އަށް ގަދަ ހަތަރެއްގެ ޖާގަ ލިބެންއޮތީ އެޓީމު ދެން ކުޅެންޖެހޭ މެޗުގައި އެވަޓަން އަތުން މޮޅުވެ، ޓޮޓެންހަމް، ނޯރިޗް ސިޓީ އާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެގެންނެވެ. ޓޮޓެންހަމް, ނޯރިޗް ސިޓީ މެޗު އެއްވަރުވެއްޖެނަމަ އާސެނަލް, އެވަޓަން މެޗުން 16 ގޯލުގެ ތަފާތަކުން މޮޅުވެ ގަދަ ހަތަރެއްގައި ހިމެނުމުގެ ފުރުސަތު އެޓީމަށް އޮތް ނަމަވެސް މިހާރު ވެސް ރެލިގޭޓް ވެފައިވާ ނޯރިޗް އަތުން ޓޮޓެންހަމް ބަލިވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ތޯމަސް ޓުޗެލް

    ސާބަހޭ