ގދ.ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 16 މެއި 2022 ވަނަ ދުވަހުއެވެ.
އެ މަޝްރޫޢުގެ ދަށުން 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 890 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢަކީ 9.52 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.