މަޝްހޫރު ފުޓްބޯޅަ ކުލަބް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ވަރުގަދަ މިޑްފިލްޑަރ ޖޯޖިނިއޯ ވިޖްނަލްޑަމް ހުވަދު އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
ވިޖްނަލްޑަމް ރާއްޖެ އައީ މިއަދުގެ ވަގުތެއްގައެވެ. އަދި މިވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަނީ ހުވަދު އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުގައެވެ.
އެރެޑިވިސީ ޓީމު ފެއިނޯޑްގެ ޒުވާން އުފެއްދުމެއް ކަމަށްވާ ވިޖްނަލްޑަމް ވެގެން ދިޔައީ 2007 ވަނަ އަހަރު ކްލަބް ތަމްސީލުކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ފަސް އަހަރު ދުވަހުގެ ތެރޭގައި 134 މެޗު ކުޅެ 2008 ވަނަ އަހަރު ކޭއެންވީބީ ކަޕް ކާމިޔާބުކުރި އިރު ޖިނީ ފެއިނޯޑް ދޫކޮށްލުމަށްފަހު ޕީއެސްވީ އައިންޑްހޯވެންގައި ހަތަރު ސީޒަން ހޭދަކުރިއިރު، އޭނާގެ ފުރަތަމަ ސީޒަނުގައި ކޭއެންވީބީ ކަޕް އަދި އެންމެ ފަހު ސީޒަނުގައި އެރެޑިވިސީ ކާމިޔާބުކުރިއެވެ. އަދި އެ ސީޒަނުގައި އޭނާ ވަނީ ޑަޗް ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދާފައެވެ.
2015 ވަނަ އަހަރު ވިޖްނަލްޑަމް ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑާ ގުޅުނީ 14.5 މިލިއަން ޕައުންޑަށެވެ. އަދި އޭގެ އަހަރެއްހާ ދުވަސް ފަހުން އެ ކްލަބު ރެލިގޭޓްވުމާއި ގުޅިގެން 23 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގައި ލިވަޕޫލާ ގުޅުނެވެ. ލިވަޕޫލްގައި ވިޖްނަލްޑަމް ވަނީ އޭނާގެ ކުރީގެ ކްލަބުތަކަށް ވުރެ މިޑްފީލްޑުގެ ފުން ދައުރެއް އަދާކޮށްފަ އެވެ. 2018-19 ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގެ ކަމްބޭކްގައި ބާސެލޯނާއާ ދެކޮޅަށް ވިޖްނަލްޑަމް ދެ ލަނޑު ޖެހިއިރު، ލިވަޕޫލް އެގްރިގޭޓްކޮށް 4-3 އިން ކުރިއަށް ދިޔައެވެ.
ލިވަޕޫލް އިން ޔޫއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް އަދި ޕްރިމިއާ ލީގު ކާމިޔާބުކޮށް، 30 އަހަރު ތެރޭގައި އެ ކްލަބުން ހޯދި ފުރަތަމަ ލީގު ޗެމްޕިއަންކަން ހޯދުމުގެ ގޮތުން ވިޖްނަލްޑަމް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ފްރާންސްގެ ކުލަބު ޕެރިސް ސެއިންޓް ޖާމައިންއަށް ވިޖްނަލްޑަމް ސޮއިކުރީ 2021 ވަނަ އަހަރު ހިލޭ ޓްރާންސްފާއަކުންނެވެ.
އުމުރުން 31 އަހަރުގެ ވިޖްނަލްޑަމް އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު އުޅެނީ 6 މިލިޔަނަށްވުރެ މަތީގައެވެ.

