ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާއި ބެހޭގޮތުން މީޑީޔާއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މެދުދެކުނު ހިމެނޭ ސަރަހައްދުގެ ރަށެއްގައި އުމުރުން 10 އަހަރުގެ ކާފަ ދަރިޔަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ ތިންވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށާއި އެމައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރެވުނީ 68 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މެދު ދެކުނު ފުލުހުންގެ ސަރަހައްދުގައި ހިމެނެނީ މ. އަތޮޅާއި، ފ. އަތޮޅާއި، ދ. އަތޮޅާއި، ތ. އަތޮޅާއި، ލ. އަތޮޅެވެ. އެ މައްސަލައަކީ ކުޑަކުއްޖަކާ ގުޅުން ހުރި މައްސަލައެއް ކަމަށް ވުމުން، އެ މައްސަލަ ހުށަހެޅިފައިވާ ރަށެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހްގީގު ކުރުމަށް ފަހު، އެ މީހާއަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.