ޚަބަރު
އެއްބަސްވުމާއި ޚިލާފުވެފައިވާ ކަމަށް ބުނެ ހަވަރު ސްޕޯޓްސް އާއިއެކު ހެދިފައިވާ ހައުޑިގަލާ އެއްބަސްވުން ބާތިލު ކޮށްފި

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ހަވަރު ސްޕޯޓްސްއާއި އެކު ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ހަދާފައިވާ ގދ.ހައުޑިގަލާ އެއްބަސްވުން ބާތިލް ކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

މި އެއްބަސްވުން ބާތިލު ކުރުމަށް ނިންމާފައިވަނީ ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ 43 ވަނަ އާންމު ޖަލްސާއިންނެވެ.

އެކައުންސިލުން އާންމު ކޮށްފައިވާ ނިންމުމުގައި ބުނެފައިވާ ގޮތުން، ހަވަރު ސްޕޯޓްސް އާއިއެކު ހެދިފައިވާ އެއްބަސްވުން ބާތިލު ކުރުމަށް ނިންމާފައިވަނީ ހައުޑިގަލާ ބެލެހެއްޓުމަށް އެކައުންސިލުން ހަވާލުކޮށްފައިވާ ޖަމިއްޔާއިން އެއްބަސްވުމުގައިވާ ކަންކަމާއި އެއްގޮތަށް ރަށްބަލަހައްޓަމުން ނުދާތީ އެވެ.

އެގޮތުން އެ ކައުންސިލުގެ އާންމު ޖަލްސާގައި މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު ހާޒިރުވެ ތިއްބެވި 8 މެމްބަރުންގެ ތެރެއިން 6 މެމްބަރުން ތާއީދު ކުރެއްވީ ހައުޑިގަލާ ބެލެހެއްޓުން ހަވާލުކޮށްފައިވާ ހަވަރު ސްޕޯޓްސް ޖަމިއްޔާއާއި އެކު ހެދިފައިވާ އެއްބަސްވުން ބާތިލު ކުރުމަށެވެ.

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ 43 ވަނަ އާންމު ޖަލްސާގެ ނިންމުން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާރ ގެ އެދުމުގެ މަތިން ގދ. ހައުޑިގަލާގެ އިންސްޕެކްޝަނެއް ހެދުމަށް ގދ. އަތޮޅު ކައުންސިލްގެ ޓީމެއް ވަނީ ޖެނުއަރީ މަހުގައި އެރަށަށް ގޮސްފައެވެ.

ހުވަދުއަތޮޅުގައި ދޮންދޫނި އާލާވާ ރަށެއް ގޮތުގައި މަޝްހޫރުވެފައިވާ ހައުޑިގަލާ އަކީ ސަރުކާރުން ހިމާޔާތް ކޮށްފައިވާ ޤުދުރަތީ ރީތި ކަމެއް ލިބިފައިވާ ރަށެކެވެ. ހައުޑިގަލާ ބެލެހެއްޓުމަށް ހަވަރު ސްޕޯޓްސް އާއި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ހައުޑިގަލާ އެއްބަސް ވުނީ ހާދަ ވަރެވެގަންނީ !

  2. ހައުޑިގަލާ ހަވަރު ސްޕޯޓުން ހައުޑިގަލާ ހަވަރު ސްޕޯޓުސް ހައުޑިގަލާ ހަވަރު ސްޕޯޓުސް !