ކަނޑުމަގުން ރާއްޖެއަށް އައި ބޯޓަކުން ގިނަ އަދަދެއްގެ ބަނގުރަލާއި، އެހެނިހެން މަނާތަކެތި އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހު ބެންކޮކުން ފުރައިގެން ގއ.ކޫއްޑޫއަށް އައި ބޯޓުގައި ޤާނޫނާއި ގަވާއިދާއި ޚިލާފް އެއްޗެއް ހުރިކަމަށް ކަސްޓަމްސްގެ އިންޓަލިޖެންސަށް ލިބިފައިވާ ކަމަށެވެ.
އަދި އެ މައުލޫމާތު ލިބުމުން ފުލުހުންނާއި، އެމްއެންޑީއެފް އާއި ކަސްޓަމްސް ގުޅިގެން ބޯޓު ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ބަނގުރަލާއި އެހެނިހެން މަނާތަކެތި ފެނިފައިވާކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.
މިމައްސަލަ އިތުރަށް ތަހުގީގް ކުރުމަށްޓަކައި ބޯޓުން ފެނިފައިވާ ބަނގުރާ ވަނީ ފުލުހުންނާއި ހަވާލު ކުރެވިފައިކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
މިމައްސަލައާއި ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.

