ޚަބަރު
އީދުގެ އުފާވެރި ފޮޓޯތައް ހިއްސާކޮށްގެން ސެމްސަން ގެލެކްސީ 21 އެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު ފެށިގެން ދިޔަ ބޮޑު އީދުގެ އުފާވެރި މަޖާ ފޮޓޯތައް ހިއްސާކޮށްގެން ސެމްސަންގެ ގެލެކްސީ 21 އެއް ހޯދުމުގެ ފުރުސަރު އުރީދޫ އިން ހުޅުވާލައިފިއެވެ.

އުރީދޫން ބުނާގޮތުން މިައަދު ފެށިގެން މިދިޔަ އީދުގެ މަޖާ ޝެއާރކޮށްގެން އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ފޯނެއް ހޯދުމުގެ ފުރުސަތު މިވަނީ މިމަހު 21 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައެވެ. ސެމްސަންގް ގެލެކްސީ 21 އަކީ 6.2 އިންޗީގެ ޑިސްޕްލޭ ހިމެނޭ އަދި 12 މެގާޕިކްސެލް ކެމެރާ ހުންނަ، ސެމްސަންގްގެ އެންމެ ފަހުގެ މޮޑެލްގެ ފޯނެކެވެ.

އީދު މަޖާ ޝެއަރ ކުރުމަށް EidMajaa# ހޭޝްޓެގް ބޭނުން ކުރުމަށްފަހު އެކަންޓު ޕަބްލިކަށް ފެންނަގޮތަށް ބަހައްޓަން ވާނެއެވެ. މިމަހު 21 ވަނަ ދުވަހުގެ ރޭ ދަންވަރު ބާރަ ޖެހުމުގެ ކުރިން ހޭޝްޓެގާއެކު ހިއްސާ ކުރާ ފޮޓޯ ތަކުގެ ތެރެއިން ލަކީ ވިނާއެއް ހޮވޭނެއެވެ.

އަޟުހާ އީދާއި ދިމާކޮށް އުރީދޫއިން ވަނީ ވަރަށް ހާއްސަ އޮފާރތަކެއް ހުޅުވާފައެވެ. އެގޮތުން އީދު މަޖާ ޝެއަރކޮށްގެން އެންމެ ފަހުގެ ސެމްސަންގް ފޯނެއް ހޯދުމާއި، 100 ރުފިޔާއަށް 100 ޖީބީ ޑޭޓާ ލިބޭ ޕެކޭޖެއްވެސް ތައާރަފް ކޮށްފައިވެއެވެ. މީގެއިތުރުން އުރީދޫން ދެމުން ގެންދާ ހިދުމަތްތަކުން ބޮޑެތި ޑިސްކައުންޓު ވެސް ދިނުމަށް ވަނީ ނިންމާފައެވެ.

އެގޮތުން “ބޮޑު ޗުއްޓީ ޕެކް” ގެ ނަމުގައި ދޭ މި އޮފާ، މިނިވަން ދުވަހާއި އަޟްހާ އީދާއި ގުޅިގެން ލިބޭ ބަންދުގައި ބޭނުން ކުރެވޭނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!