ޚަބަރު
ޕީޕީއެމްގެ “ހަވާލޭ ވަޠަން” ބޮޑު ޖަލްސާ މިމަހު 19 ވަނަ ދުވަހުގެ ރޭ

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ރައީސް އަބްދުﷲ ޔާމީނަށް އެރުވުމަށް ބާއްވާ ޖަލްސާ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ބާއްވާނެކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.

ޕީއެންސީގެ ނާއިބު ރަައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ “ހަވާލޭ ވަތަން” ގެ ނަމުގައި ބާއްވާ މި ޖަލްސާ އޮންނާނީ ކާނިވާ ސްޓޭޖް ސަރަހައްދުގައި ކަމަށާއި ޖަލްސާއަށް އަންނަން ބޭނުންވާ އަތޮޅުތެރޭގެ ރައްޔިތުންނަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިހާތަނަށް ޕީޕީއެމުން ބާއްވާ އެންމެ ކުގަދަލަ އަދި އެންމެ ބޮޑު ޖަލްސާގެ ގޮތުގައި ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވީ، ދިވެހިން މިހާރު ބޭނުން ވަނީ ރައްޔިތުން ތިބި ނިކަމެތި ހާލަތުން އަރައިގަތުމަށް އެކަން ތަޖުރިބާ ކޮށްފައި ހުރި އަދި ރާއްޖޭގެ މުސްތަގުބަލަށްޓަކައި ހަރުދަނާ އުސޫލުތަކެއް ގާއިމުކޮށްދެއްވާ، ކުރިމަގު އޮތްކަން ހިތްތަކަށް ޔަގީންކަން ކޮށްދެއްވި ވެރިއަކު އަނެއްކާ ވެސް މިގައުމުގެ ވެރިކަމަށް ގެނައުމަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ނިންމާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އޮތް ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ސެނެޓް ބައްދަލްވުމުގައި މެންބަރުންގެ އިއްތިފާގުންނެވެ. އެ ރޭގެ ބައްދަލްވުމުގައި އެ ނިންމުން ގަބޫލުކުރައްވާކަން ރަައީސް ޔާމީން ވަނީ ހާމަކޮށްފަ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!