ޚަބަރު
މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ

ބަހަމާސްގައި މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން އުމުރުން ދުވަސްވީ އަންހެނަކު މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ޕެންސިލްވޭނިއާގެ ރައްޔިތަކު ކްރޫޝިޕެއްގައި ބަހާމަސްއަށް މަޑުކުރުމަށްފަހު އެކި ކަހަލަ އެކްސްކާޝަން ދަތުރުތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ބަހަމާސްގެ ޓުއާ ކޮމްޕެނީއަކާއި އެކު އެ ސަރަހައްދުގައި މަޝްހޫރު ސްނޯކްލިންގު މަންޒިލަކަށް އެއަންހެންމީހާ ދިޔައީ އެތަން ފީނާ ބަލާލުމަށެވެ.

އާއިލާގެ މީހުންނާއި އެކުގައި އުޅުނު ޓުއަރ ކޮމްޕެނީގެ މީހުން ބުނާގޮތުގައި ސްނޯކްލިންގއަށް ފޭބުމަށްފަހު ފީނަން އުޅުމުގެ ތެރޭގައި ބޮޑު މިޔަރެއް ވަނީ އަންހެންމީހާއަށް ހަމަލާދީފައެވެ. އަދި އެމީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އަންހެންމީހާއަށް މިޔަރު ހަމަލާދިނުމުން މިޔަރުގެ ކިބައިން އޭނާ ސަލާމަތްކުރުމަށްފަހު އެއްގަމާ ހަމަޔަށް ގެނެވުނުއިރު އޭނާ ވަނީ މަރުވެފައެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވަނީ އަންހެން މީހާގެ ހަށިގަނޑަށް ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އުމުރުން 58 އަހަރުވީ އަންހެންމީހާއަށް ހަމަލާ ދިނީ ބުލް ޝާކެއް ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.

އަންހެން މީހާއަށް ހަމަލާދީފައިވާ ސްކޯންލިންގު ޕޮއިންޓުގައި 2019ވަނަ އަހަރުވެސް މިފަދަ ހާދިސާއެއް ހިނގާފައިވެއެވެ. އެގޮތުން އެ ހާދިސާގައި 21 އަހަރުގެ އަންހެނަކަށް މިޔަރެއް ވަނީ ހަމަލާދީފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!