ޚަބަރު
ޖޭއެސްސީ އިިސްލާހު ކުރުމަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރުމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނި ގޮތުގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިކަމާއި ބެހޭ ގޮތުން މިހާރު ވަނީ ބައެއް މުއައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ.

މީގެއިތުރުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި, ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ވަނީ ގަސްދުކޮށްފައެވެ.

އެހެންކަމުން ޖޭއެސްސީ އިސްލާހުކުރުމާއި ގުޅޭ ގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށްޓަކައި އެ ފުރުސަތު ޢާންމުކޮށް މިވަނީ ހުޅުވާލައިފައެވެ.

އެ ގޮތުން އެކަމަށްޓަކައި އެކުލަވާލާފައިވާ ފޯމު މެދުވެރިކޮށް ޚިޔާލު ހުށަހެޅުއްވުމަށް https://tinyurl.com/mwj3mkm7 މިލިންކު ބޭނުން ކުރެވިދާނެއެވެ. އަދި އީމެއިލްގެ ޒަރީއާއިން ޚިޔާލު ހުށަހަޅަން ބޭނުންވާ މީހުންނަށް legislative.affairs@agoffice.gov.mv އަށް އީމެއިލް ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ވެސް އެޓާނީ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!