ޚަބަރު
ގދ. އޭއީސީގެ ޕްރިންސިޕަލަކަށް ޑރ.ޝައިސްތާ އަލީ ހަމަޖައްސައިފި

ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލަކަށް ޑރ.ޝައިސްތާ އަލީ ހަމަޖައްސައިފިއެވެ.

ގދ.ތިނަދޫ ކުރަނގިގޭ ޝައިސްތާ އަލީ މިމަޤާމަށް ހަމަޖައްސާފައިވަނީ މިއަދުއެވެ. 25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހު ސްކޫލަށް ނުކުންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން ގދ.އޭއީސީގެ ޕްރިންސިޕްލަކަށް ހުރީ ޝިފާޒް މުހައްމަދުއެވެ. އެހެންނަމަވެސް މަތީ ތައުލީމް ހާސިލް ކުރުމަށްޓަކައި ޝިފާޒް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ޑރ.ޝައިސްތާ މީގެ ކުރިން ހުންނެވީ ގދ.ފަރެސްމާތޮނޑާ ހުވަދޫ ސްކޫލްގެ ޕްރިންސިޕަލަކަށެވެ.

ގދ.ތިނަދޫގައި ރޭ ބޭއްވުނު މަކިޓާ ޖޫނިޔަރ އެތްލެޓިކްސް މުބާރާތް ފެށުމުގެ ރަސްމިްޔާތުގައި ޑރ.ޝައިސްތާ ބައިވެރިވެ ވަޑައިގަންނަވަނީ – ހުވަދޫ ފޮޓޯ:: އަހުތަރު

މީގެއިތުރުން ޑރ.ޝައިސްތާއަކީ ރާއްޖެ ނޫން އެހެން ގައުމެއްގައި ދިވެހިބަސް ފުރަތަމަ ކިޔަވައިދޭން ޓީޗަރަކު، ތަމްރީނުކުރި ކުޅަދާނަ އެދުރެކެވެ. ފެންގް ފެންގް ނަމަކަށް ކިޔާ ޗައިނާގެ މީހަކަށް ދިވެހި ބަސް އުނގަންނައިދިނުމަކީ ޑރ.ޝައިސްތާއަށް ކުރެވުނު ތަފާތު ތަޖުރިބާއެކެވެ.

ގދ.އޭއީސީގެ ޕްރިންސިޕްލަކަށް ޑރ.ޝައިސްތާ ހަމަޖެއްސުމުން އެސްކޫލްގެ ދަރިވަރުންނާއި ބެލެނެވެރިން ތިބީ އެކަމާ ވަރަށް ހިތްހަމަޖެހިގެންނެވެ. އެފަދަ ހުނަރުވެރި ބޭފުޅެއްގެ މާލިމީ ކަމުގެ ދަށުން ސްކޫލަށް އިތުރު ކާމިޔާބީތައް ލިބިގެންދާނެ ކަމަށް ގދ.އޭއީސީގެ ބެލެނެވެރިން ގަބޫލުކުރެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!